ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ދޭ ލަފައާ އެއްގޮތްވާ ގޮތަށް އަމިއްލަ ތަކެތީގައި ޏ.ފުވައްމުލަކު ކެނޑޭރެ މިސްކިތުގެ ފުރާޅާއި މަތި ވަނޑާން ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު IUL)222-HMC/1/2015/11)ފ(15 އެޕްރީލް 2015) ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް / މާދަނޑު ކައުންސިލް އިދާރާ | ބުދަ | 06 މޭ 2015 | 10:00 | 
| އަންދާސީހިސާބު ހުށަހެޅުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް / މާދަނޑު ކައުންސިލް އިދާރާ | އާދިއްތަ | 10 މޭ 2015 | 10:00 
 | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
14 ރަޖަބު 1436
 
                    