ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ދޭ ލަފައާ އެއްގޮތްވާ ގޮތަށް ހއ.އުތީމުގައި ހުރި އުތީމު ގަނޑުވަރުގެ އަށިގޭގެ ފަން ބަދަލުކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު IUL)222-(IUL)222-HMC/1/2015/10)ފ(15 އެޕްރީލް 2015) ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ އަލުން މި މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު / ހއ.އުތީމު | ބުރާސްފަތި | 07 މޭ 2015 | 10:00 | 
| އަންދާސީހިސާބު ހުށަހެޅުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު / ހއ.އުތީމު | އަންގާރަ | 12 މޭ 2015 | 10:00 
 | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
14 ރަޖަބު 1436
 
                    