ދިވެހިރާއްޖެ
| 
 އިޢުލާން ވަޒީފާގެ ފުރުޞަތު:  | 
||
| 
 މަޤާމް:  | 
 ލީގަލް އެސިސްޓެންޓް  | 
|
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލްސް  | 
 މަޤާމުގެ ރޭންކް: ސީއެސް 7-1  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމު ނަންބަރު: 259413  | 
| 
 މުސާރަ:  | 
 މަހަކު -/8،050 ރުފިޔާ  | 
 ސަރވިސް އެލަވަންސް: މަހަކު -/3،750 ރުފިޔާ  | 
| 
 އެލަވަންސްތަކާއި ޢިނާޔަތްތައް:  | 
 ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 މީގެ އިތުރުން، އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ "ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު" ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ.  | 
|
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 - އައްޑޫސިޓީ ކައުންސިލުން ހިންގަންޖެހޭ އެންމެހައި ޤާނޫނީ މައްސަލަތައް ހިންގައި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތާއި، ޓެކްނިކަލް މަސައްކަތްކުރުމުގައި ލީގަލް އޮފިސަރަށް އިދާރީގޮތުން އެހީވެދިނުން. - ކޯޓުތަކުގައި ވަކާލާތުކުރަންޖެހޭ މައްސަލަތަކުގައި ލީގަލް އޮފިސަރަށް ކޯޓުތަކަށް ނުދެވޭ ޙާލަތްތަކުގައި ބަދަލުގައި ކައުންސިލްގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކުރުން. - ކައުންސިލުން ހަދަންޖެހޭ ޤަވާއިދުތައް ޑްރާފްޓްކުރުން. - ޔުނިޓަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާ ގުޅިގެން އެ މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނެގުން. - ލީގަލް ޔުނިޓުން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތަކާއި، ޓެކްނިކަލް މަސައްކަތްތައް ކުރުން.  | 
|
| 
 މަޤާމުގެ ޝަރުތުތައް:  | 
 ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުން.  | 
|
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މީޑިއާ އެންޑް ލީގަލް ޔުނިޓް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ (ޑިވަލޮޕްމަންޓް ސަރވިސް)  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
|
| 
 އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު:  | 
 އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި ލިއުމަކުން އެންގޭނެއެވެ.  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:   | 
  | 
|
| 
 ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން:  | 
 ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްކުރުމުގައި ބެލެވޭނެ ކަންތައްތަކަކީ: 1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން  | 
|
| 
 ސުންގަޑި:  | 
 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް.  | 
|
| 
 އިތުރު މަޢުލޫމާތު:  | 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 6885003 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  | 
|
| 
 11 ރަޖަބު 1436  | 
||
