ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ރިސާރޗް ފެލޯ - ރިސާރޗް ޑިވެލޮޕްމަންޓް އޮފީސް

މަޤާމް :ސީނިއަރ ރިސާރޗް ފެލޯ - ރިސާރޗް ޑިވެލޮޕްމަންޓް އޮފީސް
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ރިސާރޗް ފެލޯ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ރިސާރޗް ޑިވެލޮޕްމަންޓް އޮފީސް

މަޤާމުގެ ރޭންކް:

10

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު  21432 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު  12275 ރުފިޔާ

ހާޒިރީ އިނާޔަތް:

332 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް

ސްޓާފް ޖިމް ފެސިލިޓީ

ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް

ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 އަދި ލެވަލް 9 އަދި ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަސައްކަތާ ގުޅޭ ދާއިރާގައި ލެވެލް 9 ގެ ސަނަދު ހާސިލުކުރުމަށްފަހު 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި ޕިއާރ ރިވިއުޑް ރިސަރޗް ޖާނަލްއެއްގައި މަދުވެގެން 3 އާޓިކަލް ޝާއިޢުކޮށްފައިވުން

 

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން، ރިސާރޗް

ގުޅޭ ވަޒީފާގެ ދާއިރާތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

ތަޢުލީމީ ރޮނގުތައް: (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން)

ޕްރިފަރޑް ޑިސިޕްލިންތައް: (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން)

ކޯ ޑިސިޕްލިންތައް: (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން) 

މަޤާމުގެ މަސްއޫލިއްޔަތު:

ކިޔަވާދިނުމާ ގުޅޭ މަސައްކަތް

  1. ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން.
  2. ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކާއި ހަވާލުކުރުން
  4. ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން
  5. މުޤައްރަރާއި، ކޯހުގެ ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގެ މަސައްކަތް އިސްނަގާ ކުރުން
  6. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން.
  7. ހަވާލުކުރެވޭ އިމްތިހާނު ކަރުދާސްތަކާއި އެސެސްމެންޓްތައް ދެވިފައިވާ މުއްދަތުގައި މާކުކުރުމާއި މާކްސް މޮޑެރޭޓުކުރުމުގައި ބައިވެރިވުން އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.
  8. އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ނުވަތަ ޕްރޮޖެކްޓް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ތީސިސް އަދި ޑިޒަޓޭޝަން މާކުކުރުން އަދި ރިސާޗް ސެމިނާރ ނަގައިދިން

ރިސާޗް އެންޓަޕްރައިޒް އަދި ރިސަރޗް ސްކޮލަރޝިޕް

  1. ރިސާޗް ޕްރޮޖެކްޓްތަކުގައި ޕްރިންސިޕަލް އިންވެސްޓިގޭޓަރ ނުވަތަ ކޯ އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
  2. ހަވާލުކުރެވިފައިވާ ރިސާރޗްތަކުގެ ޑޭޓާ އެއްކުރުމާއި، ތަޙުލީލުކުރުމާއި، ރިޕޯޓްކުރުން
  3. ޔުނިވަރސިޓީ އަދި ޔުނިވަރސިޓީން ބޭރުގެ ރިސާޗް ފަންޑިންގ ހޯދުމަށް ގްރާންޓް ޕްރޮޕޯސަލް ލިޔުމާއި ޔުނިވަރސިޓީއިން ކަނޑައަޅާ މިންވަރަކަށް ފަންޑިންގ ހޯދުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  4. ޤަޢުމީ އަދި ބައިނަލްއަޤްވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ޕްރޮފެޝަނަލް ބޮޑީސް އަދި އެހެން ޔުނިވަރސިޓީތަކާއި މުވައްސަސާތަކާއިގުޅިގެން ހިންގޭ ޕްރޮޖެކްޓްތަކުގެ ރިސާރޗް މަސައްކަތް ކުރުން
  5. ޔުނިވަރސިޓީއިން ކަނޑައަޅާ ޓާރގެޓްތަކާއި އެއްގޮތަށް ޖާރނަލް އާރޓިކަލް ތަކާއި، ރިޕޯޓްތަކާއި ލިޔުންތައް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިއުކުރުން
  6. އިންޑިވިޖުއަލް ނުވަތަ ކޯލަބަރޭޓިވް ރިސާރޗް ޕްރޮޖެކްޓްތައް ހިންގުން
  7. ދިރާސާގެ މަޤްޞަދުތަކާއި މަޝްރޫޢުތަކާއި ޕްރޮޕޯސަލްތައް އެކުލަވާލުން.
  8. ފައިސާ ލިބޭ މަސްދަރުތައް ދެނެގަނެ، ފަންޑިންގ ހޯދުމުގެ ޙަރަކާތްތައް ރާވާ ހިންގުން
  9. ގްރާންޓް ޕްރޮޕޯސަލް ތަކާއި، ޖާރނަލް އާރޓިކަލްތައް އަދި ކުދި ޕްރޮޖެކްޓްތަކުގެ ރިޕޯޓްތައް ކްރިޓިކަލްކޮށް އެނަލައިޒްކުރުމާއި، އުފެއްދުންތެރި ފާޑުކިޔުންތެރިކަމާއެކު މުރާޖަޢާކުރުން.
  10. އެހެންފަރާތްތަކާއި ގުޅިގެން އެކުލަވާލެވޭ ޖާރނަލް އާރޓިކަލް ތަކާއި، ރިޕޯޓްތަކާއި ލިޔުންތައް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިއު ކުރުން
  11. ޔުނިވަރސިޓީއިން ބާއްވާ ކޮންފަރެންސްތަކާއި ގުޅިގެން ހުށަހެޅޭ އެބްސްޓްރެކްޓްތައް، ޕްރެޒެންޓޭޝަންތަކާއި ޕޯސްޓަރ ފަދަ އެންމެހާ ހުށަހެޅުންތައް ރިވިއުކުރުން
  12. ޑިސިޕްލިންއާއި ގުޅޭ ޕޮލިސީ ބްރީފް، ވައިޓް ޕޭޕަރ، ރިޕޯޓް، ކޮންފަރެންސް، އަދި ޕިއަރ ރިވިއުޑް ޕަބްލިކޭޝަންސްތަކަށް ލިޔުން ނުވަތަ ކޮންޓްރިބިއުޓްކުރުން އަދި ދިރާސާގެ ހޯދުންތައް އާންމުކުރުން
  13. ކޮންފަރެންސްތަކުގައި ޕްރެޒެންޓޭޝަންތައް ދިނުން ނުވަތަ އެކަށީގެންވާ އެހެން އިވެންޓްތަކުގައި މަސައްކަތް މައުރަޒުކުރުން/އެގްޒިބިޓް ކުރުން
  14. ދިރާސާގެ ނަތީޖާ ވަޒަންކޮށް، މާނަކޮށް، އެސެސްކުރުން
  15. ދިރާސާގެ ނަތީޖާތައް ތަންފީޒުކުރުމަށް ބޭނުންވާ ރެކޮމެންޑޭޝަންތައް އެކުލަވާލާ ކޮންސެޕެޓް ޕްލޭންތައް ހެދުމުގައި އެހީތެރިވެދިނުން.
  16. ދިރާސާ ކުރާނެ ޕްރޮގްރާމްތަކާއި މެތޮލޮޑޮޖީސްތަކާއި ގުޅޭ ގޮތުން ގޮތް ނިންމުމާއި، މިންގަނޑުތައް ކަނޑައެޅުން

މީހުންނާއި ވަސީލަތްތައް ބެލެހެއްޓުން

  1. ރިސާޗް ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރުން
  2. ރިސާޗް ޓީމްތަކުގައި ނުވަތަ ޕްރޮޖެކްޓްތަކުގައި އެހެން މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން

އިދާރީ އަދި އެހެނިހެން މަސައްކަތް

  1. ޔުނިވަރސިޓީއިން ބާއްވާ ކޮންފަރެންސްތައް އިންތިޒާމް ކުރުމުގެ އެންމެހާ ކަންކަމުގައި އިސްނަގައި ބައިވެރިވުން
  2. އެމްއެންޖޭއާރް ގެ ރިވިޔުކުރިޔަށްދާގޮތް ބެލެހެއްޓުމާއި އެޑިޓޯރިއަލް މަސައްކަތް ކުރުން އަދި އިންޑެކްސް ކުރުމުގެ މަސައްކަތްކުރުމާއި ސުޕަވައިޒްކުރުން
  3. ރިސާރޗާރސް ލަންޗް، އިލްމީ ފޯވަހި، ދަރިވަރުންގެ ރިސާރޗް ފޯރަމް، އަދި އެހެނިހެން ފަރާތްތަކުން ބާއްވަން އެދޭ ފޯރަމްތައް ރާވާ ހިންގުމާއި ސުޕަވައިޒްކުރުން
  4. ހިނގަމުންދާ ރިސާޗް ޕްރޮޖެކްޓްތަކާއި ގްރާންޓްތައް މެނޭޖްކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް އިސްނަގައިގެން ކުރުން.
  5. ރިސަރޗް އެތިކްސްއާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން
  6. ޔުނިވަރސިޓގައި ހަދާ ރިސަރޗްތަކުގެ ޕްރޮޕޯސަލް ރެޖިސްޓަރ ކުރުން
  7. ޔުނިވަރސިޓީ އާއި ގުޅިގެން ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުން ބާއްވާ ކޮންފަރެންސްތައް އިންތިޒާމް ކުރުމުގެ އެންމެހާ ކަންކަމުގައި އިސްނަގައި ބައިވެރިވުން
  8. ބޭރުގެ ފަރާތް ތަކުން ޔުނިވަރސިޓގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ދިރާސާތަކަށް ހުއްދަ ދިނުމާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން

 

ސީނިއަރ ރިސާރޗް ފެލޯ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ރިސާރޗް ފެލޯ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. ރިސާރޗް ފެލޯ މަޤާމަށް މުވައްޒަފެއް ނަގާނީ ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ކޮންޓްރެކްޓް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލާ، ދާއިމީ ސީނިއަރ ރިސާރޗް ފެލޯ  މަޤާމެއް ހަމަޖެއްސޭނެއެވެ.

މަޤާމު:

ރިސާރޗް ފެލޯ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރިސާރޗް ޑިވެލޮޕްމަންޓް އޮފީސް

މަޤާމުގެ ރޭންކް:

8

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު  18,503 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 10,597 ރުފިޔާ

ހާޒިރީ އިނާޔަތް:

 287ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް

ސްޓާފް ޖިމް ފެސިލިޓީ

ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް

ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

1.  މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 އަދި ލެވަލް 9 އަދި ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2.  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. އަދި އެކެޑަމިކް އުފެއްދުންތެރިކަން ލިބިފައިވާކަމަށް ޔުނިވަރސިޓީން ކަނޑައަޅާ މިންގަނޑު ހާސިލްވެފައިވުން.

 

 

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން، ރިސާރޗް

ގުޅޭ ވަޒީފާގެ ދާއިރާތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

ތަޢުލީމީ ރޮނގުތައް: (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން)

ޕްރިފަރޑް ޑިސިޕްލިންތައް: (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން)

ކޯ ޑިސިޕްލިންތައް: (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން)

މަޤާމުގެ މަސްއޫލިއްޔަތު:

ކިޔަވާދިނުމާ ގުޅޭ މަސައްކަތް

  1. ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން.
  2. ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކާއި ހަވާލުކުރުން
  4. ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން
  5. މުޤައްރަރާއި، ކޯހުގެ ​​ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގައި އިސްނަގާކުރުން
  6. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން.
  7. އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ނުވަތަ ޕްރޮޖެކްޓް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ތީސިސް އަދި ޑިޒަޓޭޝަން މާކުކުރުން އަދި ރިސާޗް ސެމިނާރ ނަގައިދިން

ރިސަރޗް އެންޓަޕްރައިޒް އަދި ރިސަރޗް ސްކޮލަރޝިޕް

  1. ރިސާޗް ޕްރޮޖެކްޓްތަކުގައި ޕްރިންސިޕަލް އިންވެސްޓިގޭޓަރ ނުވަތަ ކޯ އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
  2. ހަވާލުކުރެވިފައިވާ ރިސާރޗްތަކުގެ ޑޭޓާ އެއްކުރުމާއި، ތަޙުލީލުކުރުމާއި، ރިޕޯޓްކުރުން
  3. ޔުނިވަރސިޓީ އަދި ޔުނިވަރސިޓީން ބޭރުގެ ރިސާޗް ފަންޑިންގ ހޯދުމަށް ގްރާންޓް ޕްރޮޕޯސަލް ލިޔުމާއި ޔުނިވަރސިޓީއިން ކަނޑައަޅާ މިންވަރަކަށް ފަންޑިންގ ހޯދުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  4. ޤަޢުމީ އަދި ބައިނަލްއަޤްވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ޕްރޮފެޝަނަލް ބޮޑީސް އަދި އެހެން ޔުނިވަރސިޓީތަކާއި މުވައްސަސާތަކާއިގުޅިގެން ހިންގޭ ޕްރޮޖެކްޓްތަކުގެ ރިސާރޗް މަސައްކަތް ކުރުން
  5. ޔުނިވަރސިޓީއިން ކަނޑައަޅާ ޓާރގެޓްތަކާއި އެއްގޮތަށް ޖާރނަލް އާރޓިކަލް ތަކާއި، ރިޕޯޓްތަކާއި ލިޔުންތައް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިއުކުރުން
  6. އިންޑިވިޖުއަލް ނުވަތަ ކޯލަބަރޭޓިވް ރިސާރޗް ޕްރޮޖެކްޓްތައް ހިންގުން
  7. ދިރާސާގެ މަޤްޞަދުތަކާއި މަޝްރޫޢުތަކާއި ޕްރޮޕޯސަލްތައް އެކުލަވާލުން.
  8. ފައިސާ ލިބޭ މަސްދަރުތައް ދެނެގަނެ، ފަންޑިންގ ހޯދުމުގެ ޙަރަކާތްތައް ރާވާ ހިންގުން
  9. ގްރާންޓް ޕްރޮޕޯސަލް ތަކާއި، ޖާރނަލް އާރޓިކަލްތައް އަދި ކުދި ޕްރޮޖެކްޓްތަކުގެ ރިޕޯޓްތައް ކްރިޓިކަލްކޮށް އެނަލައިޒްކުރުމާއި، އުފެއްދުންތެރި ފާޑުކިޔުންތެރިކަމާއެކު މުރާޖަޢާކުރުން.
  10. އެހެންފަރާތްތަކާއި ގުޅިގެން އެކުލަވާލެވޭ ޖާރނަލް އާރޓިކަލް ތަކާއި، ރިޕޯޓްތަކާއި ލިޔުންތައް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިއު ކުރުން
  11. ޔުނިވަރސިޓީއިން ބާއްވާ ކޮންފަރެންސްތަކާއި ގުޅިގެން ހުށަހެޅޭ އެބްސްޓްރެކްޓްތައް، ޕްރެޒެންޓޭޝަންތަކާއި ޕޯސްޓަރ ފަދަ އެންމެހާ ހުށަހެޅުންތައް ރިވިއުކުރުން
  12. ޑިސިޕްލިންއާއި ގުޅޭ ޕޮލިސީ ބްރީފް، ވައިޓް ޕޭޕަރ، ރިޕޯޓް، ކޮންފަރެންސް، އަދި ޕިއަރ ރިވިއުޑް ޕަބްލިކޭޝަންސްތަކަށް ލިޔުން ނުވަތަ ކޮންޓްރިބިއުޓްކުރުން އަދި ދިރާސާގެ ހޯދުންތައް އާންމުކުރުން
  13. ކޮންފަރެންސްތަކުގައި ޕްރެޒެންޓޭޝަންތައް ދިނުން ނުވަތަ އެކަށީގެންވާ އެހެން އިވެންޓްތަކުގައި މަސައްކަތް މައުރަޒުކުރުން/އެގްޒިބިޓް ކުރުން
  14. ދިރާސާގެ ނަތީޖާ ވަޒަންކޮށް، މާނަކޮށް، އެސެސްކުރުން
  15. ދިރާސާގެ ނަތީޖާތައް ތަންފީޒުކުރުމަށް ބޭނުންވާ ރެކޮމެންޑޭޝަންތައް އެކުލަވާލާ ކޮންސެޕެޓް ޕްލޭންތައް ހެދުމުގައި އެހީތެރިވެދިނުން.
  16. ދިރާސާ ކުރާނެ ޕްރޮގްރާމްތަކާއި މެތޮލޮޑޮޖީސްތަކާއި ގުޅޭ ގޮތުން ގޮތް ނިންމުމާއި، މިންގަނޑުތައް ކަނޑައެޅުން

މީހުންނާއި ވަސީލަތްތައް ބެލެހެއްޓުން

  1. ރިސާޗް ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރުން.
  2. ރިސާޗް ޓީމްތަކުގައި ނުވަތަ ޕްރޮޖެކްޓްތަކުގައި އެހެން މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން

އިދާރީ އަދި އެހެނިހެން މަސައްކަތް

  1. ޔުނިވަރސިޓީއިން ބާއްވާ ކޮންފަރެންސްތައް އިންތިޒާމް ކުރުމުގެ އެންމެހާ ކަންކަމުގައި އިސްނަގައި ބައިވެރިވުން
  2. އެމްއެންޖޭއާރް ގެ ރިވިޔުކުރިޔަށްދާގޮތް ބެލެހެއްޓުމާއި އެޑިޓޯރިއަލް މަސައްކަތް ކުރުން އަދި އިންޑެކްސް ކުރުމުގެ މަސައްކަތްކުރުމާއި ސުޕަވައިޒްކުރުން
  3. ރިސާރޗާރސް ލަންޗް، އިލްމީ ފޯވަހި، ދަރިވަރުންގެ ރިސާރޗް ފޯރަމް، އަދި އެހެނިހެން ފަރާތްތަކުން ބާއްވަން އެދޭ ފޯރަމްތައް ރާވާ ހިންގުމާއި ސުޕަވައިޒްކުރުން
  4. ރިސާރޗާރސް ލަންޗް، އިލްމީ ފޯވަހި، ދަރިވަރުންގެ ރިސާރޗް ފޯރަމް، އަދި އެހެނިހެން ފަރާތްތަކުން ބާއްވަން އެދޭ ފޯރަމްތައް ރާވާ ހިންގުމާއި ސުޕަވައިޒްކުރުން
  5. ހިނގަމުންދާ ރިސާޗް ޕްރޮޖެކްޓްތަކާއި ގްރާންޓްތައް މެނޭޖްކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް އިސްނަގައިގެން ކުރުން.
  6. ރިސަރޗް އެތިކްސްއާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން
  7. ޔުނިވަރސިޓގައި ހަދާ ރިސަރޗްތަކުގެ ޕްރޮޕޯސަލް ރެޖިސްޓަރ ކުރުން
  8. ޔުނިވަރސިޓީ އާއި ގުޅިގެން ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުން ބާއްވާ ކޮންފަރެންސްތައް އިންތިޒާމް ކުރުމުގެ އެންމެހާ ކަންކަމުގައި އިސްނަގައި ބައިވެރިވުން
  9. ބޭރުގެ ފަރާތް ތަކުން ޔުނިވަރސިޓގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ދިރާސާތަކަށް ހުއްދަ ދިނުމާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން

ކިޔަވައިދިނުން ފުރިހަމަ ކުރުމަށްޓަކައި ޓެކްސްޓް ފޮތްތަކާއި، ސޮފްޓްވެއަރތަކާއި، ބޭނުންވާނެ އިކުއިޕްމަންޓް، އަދި އެނޫންވެސް އުނގެންނައިދިނުމަށް ބޭނުންކުރަންޖެހޭ ވަޞީލަތްތައް ދިރާސާކޮށް ރެކޮމެންޑްކުރުމުގައި އިސްނެގުން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް ހަދައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

-

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް - ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް

15

އިންޓަރވިއު

50

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމެންޓް އަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

09 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUhr-2024-66

 

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ 15 މޭ 2024 އާ 14 ޖޫން 2024 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން)

  • އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން  5 ދުވަހުގެ ތެރޭގައި ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (R2 ޝީޓް) ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ސްކްރީނިންގ ޝީޓު އަދި R2 ޝީޓް އާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ފޮނުއްވާނީ ޔުނިވަރސިޓީގެ އީ-މެއިލް[email protected]  އަށެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ. 
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިންޓަވިއުއަށް ހާޒިރު ވުމަށް ޝޯޓްލިސްޓް ކުރެވޭނީ މަގާމަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި ޕްރެޒެންޓޭޝަން މަރުޙަލާ ފުރިހަމަކުރާ ފަރާތްތަކަށެވެ. 
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
01 މޭ 2024
ހޯދާ