| 
  2024 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ އަރަބި ޖަވާބު ކަރުދާސް މާކުކުރާނެ މާކަރަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ. 
 | 
| 
 ބޭނުންވާ އަދަދު: 
 | 
   
 | 
| 
 މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް: 
 | 
- މާކިންގ:
 
 
 15 މެއި 2024 އިން 22 މެއި 2024 އަށް (08:30 އިން 18:00 އަށް) 
 | 
| 
 އުޖޫރަ: 
 | 
- މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
 
- މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ
 
  | 
| 
 ޝަރުޠު: 
 | 
 މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު: 
-  މިއަހަރު، އިމްތިޙާނުގައި ބައިވެރި ނުވާ ފަރާތަކަށްވުން
 
-  މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮތުމާއެކު ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން މިހާރުވެސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ ލެކްޗަރާއެއްގެ ގޮތުގައި އަރަބިބަސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ އަރަބިބަހުން ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން
 
  | 
| 
 މަސްޢޫލިއްޔަތު:  
 | 
 1-      މާކަރުން: 2024 ވަނަ އަހަރު އެޕްރީލް ގައި ބޭއްވި ސާނަވީ އިމްތިޙާނުގެ އަރަބި މާއްދާގެ ނަތީޖާ ނެރުމަށްޓަކައި އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން 
 | 
| 
 މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:  
 | 
- ތަޢުލީމީ ފެންވަރު :    %45    
 
- ކިޔަވައި ދިނުމުގެ ތަޖުރިބާ :%21   
 
- މަސައްކަތު ތަޖުރިބާ :   %34   
 
  | 
| 
 އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: 
 | 
- މާކަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް.
 
  | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
 | 
- މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
 
- އެ މާއްދާއާ ގުޅޭ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓާއި ތަޖުރިބާގެ ލިޔުންތައް
 
- ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން ސްކޫލެއްގައި މިހާރުވެސް ކިޔަވައިދޭކަން އެނގޭނެ ރަސްމީ ލިޔުން
 
- ޔުނިވަރސިޓީ / ކޮލެޖް ގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން
 
  | 
| 
 ސުންގަޑި:  
 | 
  2024 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން  
 | 
| 
 އެދެންވީ ގޮތް:  
 | 
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ " މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ( ހުރިހާ ޑޮކިއުމަންޓް ތައް ޕީ.ޑީ.އެފް ފައިލްގައި ހިމަނާފައި) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަށް އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ. ( ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީ-މެއިލް މެދުވެރިކޮށް)
 
- މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
 
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
 
 
 |