| 
 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މާކަރުން ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ޢާންމުކޮށް އިޢުލާންކުރީމެވެ. 
 | 
| 
 ބޭނުންވާ އަދަދު: 
 | 
| 
 މަޤާމް 
 | 
 ދިވެހި 
 | 
 އިސްލާމް 
 | 
 
| 
 މާކަރ 
 | 
 1 
 | 
 1 
 | 
 
 
 
  
 | 
| 
 މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް: 
 | 
- މާކިންގ:
 
 
12 މެއި 2024 އިން 16 މެއި 2024 އަށް (13:00 އިން 17:00 އަށް) 
 | 
| 
 އުޖޫރަ: 
 | 
- މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
 
- މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ
 
  | 
| 
   
ޝަރުޠު: 
 | 
 މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު: 
-  މިއަހަރު، އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން
 
-  މާއްދާއާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ކީސްޓޭޖް 4 އަދި 5 ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން ނުވަތަ ރަސްމީ މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގައި ފަންނީ ލަފާދޭ ފަރާތަކަށްވުން ނުވަތަ ދިވެހި/އިސްލާމް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން 
 
  | 
| 
 މަސްޢޫލިއްޔަތު:  
 | 
 1-      މާކަރުން: 2024 ވަނަ އަހަރު އޭޕްރީލް މަހުގައި ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އެނަލިސްޓުގެ ލަފަޔާއި އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން 
 | 
| 
 މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:  
 | 
- ތަޢުލީމީ ފެންވަރު: %30   
 
- ކިޔަވައި ދިނުމުގެ ތަޖުރިބާ:  %20  
 
- މަސައްކަތު ތަޖުރިބާ: %50
 
  | 
| 
 އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: 
 | 
- މާކަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް.
 
  | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
 | 
- މާކިންގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު
 
-  ވަނަވަރު (ސީވީ)
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
 
- ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
 
- ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން (03 މަސް ހަމަނުވާ)
 
  | 
| 
 ސުންގަޑި:  
 | 
  2024 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން 
 | 
| 
 އެދެންވީ ގޮތް:  
 | 
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ( ހުރިހާ ޑޮކިއުމަންޓް ތައް ޕީ.ޑީ.އެފް ފައިލްގައި ހިމަނާފައި) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަށް އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ. ( ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީ-މެއިލް މެދުވެރިކޮށް)
 
- މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
 
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
 
 
 |