| މަޤާމް: | އެއާޓްރާންސްޕޯޓް އޮފިސަރ | ބޭނުންވާ އަދަދު: | 01 | 
| ސެކްޝަން: | އެއާޓްރާންސްޕޯޓް ސެކްޝަން | 
| އަސާސީ މުސާރަ: | 5,545.00 ރ | ސާވިސް އެލަވަންސް: | 3,500.00 ރ | 
| ނޮންޕްރެކްޓިސިންގ އެލަވަންސް: | 2,495.25 ރ | 
| އިތުރު އިނާޔަތްތައް: | 
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަންހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ | 
| ވަޒީފާ އަދާކުރަންޖެހޭތަން: | މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ | 
| ފެންވަރު ނުވަތަ ޝަރުތު: | އޭލެވަލް އިކޮނޮމިކްސް އާއެކު އޭލެވަލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން   | 
| މަޤާމުގެ މަސްޢޫލިއްޔަތު: | 
ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން އެއާޓްރާންސްޕޯޓް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުންދިވެހިރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކަށް އޮޕަރޭޓިންގް ޕާރމިޓް އާއި ޓްރެފިކް ރައިޓްސް ދިނުމާ ބެހޭ މަސައްކަތްރާއްޖޭގައި އޮޕަރޭޓްކުރާ ޑޮމެސްޓިކް އޮޕަރޭޓަރުންނަށް ދޭންޖެހޭ އޮޕަރޭޓިންގް ޕާރމިޓާއި ފްލައިޓްކްލިއަރަންސް ދިނުންރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްއެދޭފަރާތްތަކުގެ އެއާލައިންތަކުގެ މާލީ ހާލަތު ދެނެގަތުމާއެކު، އެފަރާތަކީ މާލީގޮތުން ދެކޮޅުޖައްސައިގެން އެއާލައިންގެ ޚިދުމަތްދެވޭނެ ފަރާތެއްތޯ ކަށަވަރުކުރުންރާއްޖޭގައިދެވޭ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގުތައް ދިރާސާކޮށް، ރެގިއުލޭޓް ކުރަންޖެހޭ ޚިދުމަތްތަކުގެ އަގުތައް ކަނޑައެޅުންރާއްޖޭގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ވިއްކާ ފަރާތްތަކުގެ އޮފީސްތަކުގެ އޮޑިޓްކުރުންރާއްޖޭގެ ބައިންލް އަގްވާމީ އެއާޕޯޓް ތަކުގައި ދެވޭ ޚިދުމަތްތަކަކީ އައިކާއޯ ގެ އެނެކްސް 9 "ފެސިލިޓޭޝަން" ގައި ބަޔާން ކޮށްފައިވާ މިންގަޑުތަކާ އެއްގޮތަށް ދެވޭ ޚިދުމަތްތަކެއްތޯ ބަލައި އޮޑިޓްކުރުންނޭޝަނަލް ފެސިލިޓޭޝަން ޕްރޮގްރާމް ތަންފީޒް ކުރުންރާއްޖޭގެ އެއާޕޯޓްތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ އެއާލައިންތަކާއި، ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކުގެ ދަތުރުފަތުރުގެ ތަފާސް ހިސާބުތައް ދިރާސާކޮށް ރިޕޯޓްކުރުންރާއްޖެއާއި ބޭރު ޤައުމުތަކާއި ދެމެދު ކުރެވޭ ވައިގެދަތުރުފަތުރާއިބެހޭ އެގްރީމަންޓްތަކާއި ބައިވެރިވާ މުއާހަދާތަކާއި ބެހޭ  މަސައްކަތުގައި އެހީތެރިވުމާއި މަސައްކަތްކުރުންރާއްޖޭގައި ގާއިމު ކުރެވިފައިވާ ބޭރުގެ އެއާލައިން ތަކުގެ ކަންތައްތައް ކޯޑިނޭޓް ކުރުން ނޯޓް: މި މަޤާމަށް ހޮވޭ ފަރާތުގެ މައިގަނޑު މަސްއޫލިއްޔަތެއްގެ ގޮތުގައި ހިމެނޭނީ ފްލައިޓް ކްލެއަރެންސްއާ ގުޅުންހުރި މަސައްކަތްތައް | 
| ހުށަހަޅަންޖެހޭ ލިޔުން: | 
ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ 
ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އޮފީހެއްގެ ތަފާތު މަޤާމުތަކުގައި އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން 6. 3 މަސްނުވާ ޕޮލިސް ރިޕޯޓް   | 
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: | 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް   | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 21 މޭ އިން 30 މޭ 2024 އާ ދެމެދު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައެވެ. ދިމާވާ ހާއްސަ ހާލަތްތަކަކާއި ގުޅިގެން އިންޓަރވިއު ކުރިއަށްދާނެ ގޮތް ބަދަލުވާނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި އޮތޯރިޓީން އަންގާނެއެވެ.   | 
| ނޯޓް: | 
ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ. |