މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ - އިންޖިނިއަރިންގ ޑިޕާރޓްމެންޓް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

އެސިސްޓެންޓް އިންޖިނިއަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވޯކް ޝޮޕް – އިންޖިނިއަރިންގ ޑިޕާރޓްމެންޓް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

ލިބިފައިވާ ތައުލީމް އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަޤާމާއިގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޫއްޑޫއާއި ބޯޓްފަހަރުގެ އިންޖީން ސައިޓްގައި ޖެހޭ މައްސަލަތަކަށް އެޓެންޑުވުން.
  • ފެރީދޯނިފަހަރުގެ އިންޖީނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން
  • ބޭރުން އަންނަ ޖޮބް އޯޑަރ ތަކުގައި ހުންނަ މެރިން އިންޖީނާއި ގުޅޭ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ސެކްޝަނުގައި މަސައްކަތް ކުރަމުންދާ އެހެނިހެން މުވައްޒަފުންނާއި ގުޅިގެން ރައްޓެހި ރަހްމަތްތެރި މާހައުލެއްގައި އެހީތެރިކަން ފޯރުކޮށްދީގެން މަސައްކަތް ކުރުން އަދި މެނޭޖްމެންޓްން ރާވާ ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ. އަދި ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީ އަށް ހިގައްޖެނަމަ އެމުވައްޒަފަކު އެނބުރި އަންނަންދެން ކުރަމުން ގެންދިޔަ މަސައްކަތްތައް ސެކްޝަނުގެ ވެރިން އަންގާ ގޮތުގެމަތިން ކުރިޔަށް ގެންދިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ  (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ   [email protected] އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 އޭޕްރީލު 2024 ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/9150006 ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޭޕްރިލް 2024
ހޯދާ