ދިވެހިރާއްޖެ
ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓްގެ މަސައްކަތަށް އެހީތެރިވާނެ މީހުން ބޭނުންވެއްޖެ
ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓްގެ މަސައްކަތަށް އެހީތެރިވުމަށް ބޭނުންވާ ރިސަރޗް އެސިސްޓެންޓް (ތާރީޚު ދިރާސާކުރުން) އަދި ރިސަރޗް އެސިސްޓެންޓް (އާކިޓެކްޗަރަލް ދިރާސާކުރުން) ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: IUL) 222-AH/INDIV/2015/10)ފ(2015 މާރިޗު 30) އަށް ޝަރުޠު ހަމަވާ ފަރާތްތައް ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
| މަޤާމު: | ރިސަރޗް އެސިސްޓެންޓް (ތާރީޚު ދިރާސާކުރުން) | 
| މުސާރަ: | މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް -/38 ރުފިޔާ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| ސެކްޝަން: | ހެރިޓޭޖް | 
| މަޤާމު އޮތް އޮފީސް: | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ | 
| ވަޒީފާ އަދާ ކުރަންޖެހޭ ތަން/ރަށް: | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ | 
| ޝަރުޠު: 
 
 
 
 
 
 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 | 
| ކުރަންޖެހޭ މަސައްކަތް: | 
 | 
| މަޤާމު: | ރިސަރޗް އެސިސްޓެންޓް (އާކިޓެކްޗަރަލް ދިރާސާކުރުން) | 
| މުސާރަ: | މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް -/38 ރުފިޔާ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| ސެކްޝަން: | ހެރިޓޭޖް | 
| މަޤާމު އޮތް އޮފީސް: | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ | 
| ވަޒީފާ އަދާ ކުރަންޖެހޭ ތަން/ރަށް: | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ | 
| ޝަރުޠު: 
 
 
 
 
 
 
 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 | 
| ކުރަންޖެހޭ މަސައްކަތް: | 
 | 
| މަސައްކަތްކުރާ ވަގުތު: | - ޢާންމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ މަސައްކަތު ދުވަސް ދުވަހު 8:00 ން 17:00 އަށް (1 ގަޑިއިރުގެ ބްރޭކް ނުހިމަނާ 8 ގަޑިއިރު) - މީގެ އިތުރުން ހަފްތާ ބަންދުގައި މަސައްކަތްކުރާގޮތަށް ހަމަޖައްސާ ދުވަސް ދުވަހު މަސައްކަތަށް ނިކުންނަން ވާނެއެވެ. - މަސައްކަތް ހަވާލުކުރުމަށް ހަމަޖައްސާފައިވަނީ ހަފްތާއެއްގައި މަސައްކަތްކުރާ ޖުމްލަ ގަޑި 46 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށެވެ. | 
| މަސައްކަތް ކުރަންޖެހޭ މުއްދަތު | 2015 މޭ 15 ން 2016 އެޕްރީލް 30 އަށް | 
| ހުށަހަޅަންޖެހޭ ލިޔުންތައް | - ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓްކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމު ފޮނުވައިދެވޭނެ). - އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން. - ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުން. - ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް) - މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ) - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ) | 
| އިންޓަރވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން: | - މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. - މާލޭ ހުކުރު މިސްކިތާ ބެހޭގޮތުން 10 މިނެޓްގެ ޕްރެޒެންޓޭޝަނެއް ދިވެހި އަދި އިނގިރޭސި ބަހުން ހުށަހަޅަންވާނެއެވެ. | 
| ސްކްރީން ކުރުން | ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަނު ކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | 
| ޝޯޓްލިސްޓް ކުރުން | ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | 
| ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު | 2015 މެއި 5 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު). | 
| އިތުރު މަޢުލޫމާތު | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3340212 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. | 
04 ރަޖަބު 1436
 
                    