ދިވެހިރާއްޖެ
| މަސައްކަތު | މަޤާމު: | 
| އެސް.އެސް 2 | ރޭންކް: | 
| ސަޕޯޓް ސްޓާފް ގްރޭޑް 2 | ކްލެސިފިކޭޝަން: | 
| ނެޝަނަލް މިއުޒިއަމް | ސެކްޝަން: | 
| -/3,470 ރުފިޔާ | މުސާރަ: | 
| -/1,000 ރުފިޔާ | ސަރވިސް އެލަވަންސް: | 
| 01 | ބޭނުންވާ އަދަދު: | 
| ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ | މަޤާމު އޮތް އޮފީސް: | 
| ޑިޕާޓްމަންޓް އޮފް ހެރިޓޭޖް /ކ.މާލެ | ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް: | 
| 1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. | މަޤާމުގެ ޝަރުޠު: | 
| 
 | މަޤާމުގެ މަސްއޫލިއްޔަތު: | 
| - މަޤާމުގެ މަސައްކަތްތަކާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި އިނާޔަތްތައް ދެވޭނެއެވެ. | އުޖޫރައާއި އިނާޔަތްތައް: | 
| - ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓްކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމު ފޮނުވައިދެވޭނެ). - އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން. - ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުން. - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް) - މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ) - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ) | ހުށަހަޅަންޖެހޭ ލިޔުންތައް: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | އިންޓަރވިއު ކުރުން: | 
| 
 | ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 
| ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަނު ކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | ސްކްރީން ކުރުން | 
| ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | ޝޯޓްލިސްޓް ކުރުން | 
| 2015 މޭ 5 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާނދަނީމަގު). | ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު: | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. | އިތުރު މަޢުލޫމާތު: | 
04 ރަޖަބު 1436
 
                    