މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު: ކޮމްޕިއުޓަރ ޓެކްނީޝަން  

ބޭނުންވާ އަދަދު : 1 ( އެކެއް )

މަސައްކަތްކުރުމަށް ހަމަޖެހިފައިވާތަން : މުޙްޔިއްދީން ސްކޫލް / މާލެ

ޝަރުޠު : ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެމް. އެސް 2

ސީނިޔަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

-/6295

-/2000

މަޤާމުގެ މަސްއޫލިއްޔަތު:

  • ސްކޫލަށް އަލަށް ގެންނަ ކޮމްޕިއުޓަރތަކާއި، ޕްރިންޓަރުފަދަ ތަކެއްޗާއި، އެހެނިހެން އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް ބަލައި ޗެކްކޮށް އެތަކެތި އިންސްޓޯލް ކުރުން.
  • ކޮމްޕިއުޓަރާއި ޕްރިންޓަރު ފަދަ ތަކެއްޗާއި އެހެނިހެން އިލެކްޓްރޯނިކް އިކްއިޕްމަންޓްތަކަށް ދިމާވާ ހާޑްވެއަރއާއި ސޮފްޓްވެއަރ މައްސަލަތައް ޙައްލުކުރުން.
  • ކޮމްޕިއުޓަރ ނެޓްވަރކާއި ޓެލެފޯން ނެޓްވޯރކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  • ކޮމްޕިއުޓަރ ލެބްތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުން.
  • އިލްކްޓްރޯނިކް އިކްއިޕްމަންޓްތައް ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ ސަޕޯޓް ފޯރުކޮށްދިނުން.
  • ރަސްމީ ނޫން ގަޑިތަކުގައިވެސް މަސައްކަތު އުޅެވޭ ކެންޑިޑޭޓަކަށްވުން.
  • ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުން ހުރި އެންމެހާ ކަންކަން ކިޔަވައިދިނުމަށާއި އެހެނިހެން ޚިދުމަތްތައް ދިނުމަށް ދަތިނުވާނެގޮތެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން.
  • ސްކޫލުގެ ކޮމްޕިއުޓަރ ސިސްޓަމްސްތައް މުވައްޒަފުންނަށް ދަތިނުވާނޭ އުސޫލުގެ މަތިން ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް މުވައްޒަފަށް އެސިސްޓަމް ބޭނުންކުރެވޭ ހާލަތަށް ގެނެސް މުވައްޒަފަށް އެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރެވޭތޯ ޔަގީން ކުރުން. 
  • ސްކޫލުގެ ކްލާސް ރޫމް، ލެބޯރަޓަރީ، އޭވީ ރޫމް އަދި އެހެނިހެން ތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެކްޓްތައް މަސައްކަތް ކުރާ މިންވަރު ބަލައި، ޕްރޮޖެޓަރ ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ހާލަތެއްގައި ބެހެއްޓުން.
  • ސްކޫލުގައި ބޭނުންކުރާ ޕްރިންޓަރތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލައި، މުވައްޒަފުންނަށް ނެޓްވާރކް މެދުވެރިކޮށް ޕްރިންޓް ކުރެވޭގޮތް ހަދައި، ކުރެވޭތޯ ޗެކްކޮށް ބެލުން. އަދި ޕްރިންޓަރގެ ޓޯނަރ ހުސްވުން ސްޓޮކުން ޓޯނަރ ނެގުމަށްފަހު ޕްރިންޓަރަށް ލައްވައި ޕްރިންޓް ކުރެވޭނޭގޮތް ހެދުން.
  • ސްކޫލުގައި ބޭނުންކުރެވޭ ސްކޭނަރުތައް މަސައްކަތް ކުރޭތޯ ބަލައި، އަބަދުވެސް މުވައްޒަފުންނަށް ސްކޭން ކުރެވޭނޭގޮތަށް ސެޓަޕް ހަދާފައި ބެލެހެއްޓުން.
  • ޕްރިންޓަރ ، ސްކޭނަރ ، ކޮމްޕިއުޓަރ ސިސްޓަމް ، ލެޕްޓޮޕް ، ޕްރޮޖެކްޓަރ، ސްމާރޓް ބޯޑް އަދި ޑޮކްޓަރ ބޯޑުތައް ބެލެހެއްޓުމަށްޓަކައި ޗެކްލިސްޓް ހަދައި އެތަކެތި ޗެކްކޮށް، ދިމާވާ މައްސަތައް ހައްލުކޮށް އެތަކެތި ބޭނުން ކުރެވޭގޮތް ހެދުން. 
  • ހުރިހާ ސިސްޓަމަކަށް އެއް ވަރޝަންގެ ސޮފްވެއަރ އަޅައި އެއްގޮތްކުރުމާއި ސޮފްޓްވެއަރ އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި، ބަޖެޓް ތަންދިން މިންވަރަކުން އެންޓިވައިރަސް އަޅައި މެއިންޓެއިން ކުރުން.
  • ހުރިހާ އައިޓީ މެޝިނަރީ އަދި އިކުއިޕްމަންޓް ފޮޅައި ސާފުކުރުން.
  • ސައުންޑްރޫމްގައިވާ ޑީޕީރޫމްގައި ހުރި އިކުއިޕްމަންޓް ބެލެހެއްޓުން.
  • ސައުންޑްރޫމް އަދި ޑީޕީރޫމްގައި ހުންނަންޖެހޭ އިކުއިޕްމަންޓް ހުރިތޯ ބަލައި ޗެކްކޮށް ޔަޤީންކޮށް، މިތަކެތި ރޫމުގައި ނެތްނަމަ އެތަކެތި ހުރިތަންތަނުން ގެނެސް އޭވީ ރޫމްގައި ސެޓަޕް ހެދުން، ސްޓޭންޑްބައިގައި ބެހެއްޓުން.
  • ސައުންޑްރޫމްގައި އަދި ޑީޕީރޫމްގައި ހުރި ތަކެއްޗަށް ޖެހޭ މައްސަލަ ބަލައި، އެމައްސަލަތައް ރަނގަޅުކުރުން، އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.
  • ސައުންޑްރޫމް އަދި ޑީޕީރޫމްގައި ހުންނަ ތަކެތި ބާވެ ހަލާކުވެ ބޭނުން ނުކުރެވޭވަރުވުމުން އެތަކެތި ނީލަން ކިއުމަށްޓަކައި ސަރުދާރާ ހަވާލުކުރުން.  
  • އޭވީ ރޫމްގައިވާ މެޝިންތަކާއި އިކުއިޕްމަންޓް ބެލެހެއްޓުން.
  • އޭވީ ރޫމްގައި ހުންނަންޖެހޭ ޕްރޮޖެކްޓަރ، ލެޕްޓޮޕް ސައުންޑް ސިސްޓަމް ހުރިތޯ ބަލައި ޔަޤީންކޮށް މިތަކެތި ރޫމްގައި ނެތްނަމަ އެތަކެތި ހުރި ތަންތަނުން ގެނެސް އޭވީ ރޫމްގައި ސެޓަޕް ހަދައި ސްޓޭންޑްބައިގައި ބެހެއްޓުން.  
  • އޭވީރޫމްގައި ހުރި ތަކެއްޗަށް ޖެހޭ މައްސަލަ ބަލައި އެމައްސަލަތައް ރަނގަޅުކުރުން އަދި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.
  • އޭވީރޫމްގައި ހުންނަތަކެތި ބާވެ ހަލާކުވެ ބޭނުން ނުކުރެވޭވަރުވުމުން އެތަކެތި ނީލަން ކިއުމަށްޓަކައި ސަރުދާރާ ހަވާލުކުރުން.
  • ސްކޫލުގެ މުވައްޒަފުންނަށް ސާވަރ ޑޮމެއިން ކްރިއޭޓްކުރުމާއި ސްކޫލް މެއިލް ކްރިއޭޓް ކުރުން.
  • ސްކޫލަށް އަލަށް ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ސްކޫލް ސަވަރ ޑޮމެއިން ހެދުމާއި، ސްކޫލް މެއިލް ހަދައި އެމުވައްޒަފުންނަށް ލޮގިން އަދި މެއިލް ބޭނުންކުރެވޭކަން ޔަޤީން ކުރުން.
  • ސްކޫލަށް ވަންނަ އިދާރީ މުވައްޒަފުންނަށް ވެރިއެއްގެ ލަފާގެމަތިން ޖެމްސް އެކައުންޓް ހަދައި، މުވައްޒަފަށް އެއެކައުންޓް ބޭނުންކުރެވޭކަން ޔަޤީން ކުރުން.
  • ސްކޫލު މެއިލް އަދި ސްކޫލްގެ ޑޮއިމެއިން ލޮގިން އަދި ޖެމްސް ލޮގިންއަށް ޖެހޭ މައްސަލަތައް ރަނގަޅުކޮށް އެމުވައްޒަފުންނަށް އެތަކެތި ބޭނުންކުރެވޭގޮތް ހަދައި ބޭނުންކުރެވޭކަން ޔަޤީންކުރުން.
  • ސްކޫލުން ވަކިވާ މުވައްޒަފުންގެ ޑޮމެއިން، މެއިލް، އަދި ގެމްސް ލޮގިން ބްލޮކް ކުރުން.
  • ސްކޫލަށް ދަތިނުވާނޭހެން ސްކޫލުގެ ސަރވަރ ޑައުންވިޔަނުދީ ސަރވަރގެ ސެކިއުރިޓީ (އެންޓިވައިރަސް އަދި އެހެނިހެންގޮތް ގޮތުން) ބެލެހެއްޓުން.
  • މުޙްޔިއްދީން ސްކޫލް ޕްރޮޕަރޓީގެ ދަށުގައިވާ އައިޓީ އާ ގުޅުންހުރި ސޮފްޓްވެއަރތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ސޮފްޓްވެއަރ އަޕްގްރޭޑް ކުރުން.
  • ސްކޫލުގައި ކޮމްޕިއުޓަރ ނެޓްވަރކް އެޅުމާއި ނެޓްވާރކަށް ދިމާވާ މައްސަލަތައް ބެލުމާއި ހައްލުކުރުން.
  • ސްކޫލުގައި ކިޔަވައިދިނުމަށް ގެންގުޅޭ ސްމާރޓް ބޯޑް އަދި ޑޮކްޓަރ ބޯޑު ބެލެހެއްޓުން.
  • ސްމާޓް ބޯޑް އަދި ޑޮކްޓަރ ބޯޑްގެ ސޮފްޓްވެއަރ ބެލެހެއްޓުމާއި އެތަކެތި ބޭނުންކުރެވޭ ގޮތަށް ސްޓޭންޑް ބައިގައި ބެހެއްޓުން.
  • ސްމާޓް ބޯޑް އަދި ޑޮކްޓަރ ބޯޑްގެ ހާޑްވެއަރގެ ތެރޭގައި ހިމެނޭ ތަކެތި ހަމަކޮށް ބޯޑް ބޭނުންކުރެވޭ ގޮތަށް އެތަކެތި މުވައްޒިފުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.  
  • ސްކޫލުގެ އެކިއެކި ހަރަކާތްތަކަށާއި، ޖަލްސާއާއި ވާރކްޝޮޕް އަދި އެސްމްލީގަޑީގައި ސައުންޑް އަދި ޕްރޮޖެކްޓަރ ސެޓަޕް ހެދުން.
  • ކޮންމެ ދުވަހަކު ސްކޫލުގެ އެންސެމްބްލީ ގަޑިޖެހުމުގެ ކުރިން ސައުންޑް ރެޑީކޮށް އެސެމްބްލީ ގަޑީގައި ސައުންޑް ކަންކަން ހިނގަމުންދާގޮތް ބަލައި މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކޮށްދިނުން.
  • ސްކޫލުގައި ބާއްވާ ހަފްލާތަކާއި މީޓިން، ވަރކްޝޮޕް އަދި އެކިއެކި ހަރަކާތްތަކަށް ސައުންޑް ހެދުމާއި ޕްރޮޖެކްޓަރ ސެޓަޕް ހެދުން.
  • ސްކޫލުގެ ހަފްލާތަކާއި ޖަލްސާ އަދި މީޓިންގތަކުގައި ސައުންޑް ހެދުމަށްފަހު އެއިވެންޓެއް ނިމެންދެން ސައުންޑް އަދި ޕްރޮޖެކްޓަރގެ ކަންކަން ހިނގަމުންދާގޮތް ބަލައި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ހައްލުކުރުން.
  • މަތީގައި ބަޔާންކުރެވިފައިވާ އިވެންޓްތައް ނިމުމުން އެރޭންޖް ކުރެވިފައިވާ ތަކެތި ނަގައި ހުންނަންޖެހޭ ތަންތަނަށް ލައި ރައްކާކުރުން.  
  • ސްކޫލުގެ ވެބްސައިޓް ޓެކްނިކަލް ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމާއި މޮނީޓަރކޮށް މެއިންޓެއިންކޮށް، ވެބްސައިޓް އަޕްޑޭޓްކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފަށް އެހީތެރިވެދީ ސްކޫލުގެ ވެބްޕޭޖް އަޕްގްރޭޑްކުރުން.
  • ސްކޫލުގެ ސިސްޓަމްތަކަށް އެސް އޭޕީ ސިސްޓަމް އެޅުން.
  • ސްކޫލުގެ ސިސްޓަމްތަކުގެ ތެރެއިން ސެޕް ބޭނުންކުރަންޖެހޭ މުވައްޒަފުންގެ ސިސްޓަމްތަކަށް ސެޕް އެޅުމަށްޓަކައި ރިއެސްޓް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުން.
  • މިނިސްޓްރީ އޮފް ފިނޭންސުން ސެޕް އަޅަން އަންނަންދެން ފޮލޯއަޕް ހަދައި ސެޕް ސްކޫލުގެ ސިސްޓަމްތަކަށް އަޅައި ބޭނުންކުރެވޭތޯ ޔަޤީން ކުރުން.
  • ސްކޫލުގެ ހުރިހާ މެޝިނަރީޒްތަކެއްގެ މާސްޓަރޝީޓް ހަދައި، ތިރީގައި ބަޔާން ކުރެވިފައިވާ މާސްޓަރޝީޓް ހަދައި، މަޢުލޫމާތު އެންޓަރކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މެޝިނަރީތަކުގެ މާސްޓަރ މަޢުލޫމާތުޝީޓެއް ތައްޔާރުކޮށް އަޕްޑޭޓް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޑޮމެއިން ލޮގިން އަދި މެއިލް ލޮގިންގެ ޑީޓެއިލް މަޢުލޫމާތުޝީޓު ތައްޔާރުކޮށް އަޕްޑޭޓް ބެލެހެއްޓުން.
  • މަޤާމާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރާ މިނޫން ކަންތައްތައްވެސް ކުރުން.

o މިވަޒީފާއަށް މީހަކުހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

  - ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

  - މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 03 މޭ 2015 އިން 07 މޭ 2015 އާ ދެމެދު މުޙްޔިއްދީން ސްކޫލްގައެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:    

  • ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ، ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު
  • ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

- ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.muhyiddinschool.edu.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އިތުރުގަޑީގެ ފައިސާ: މިމަޤާމުތަކަށް އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި: 03 މޭ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅުއްވާފައި ނުހުންނަ އެޕްލިކޭޝަންތައް އަދި ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު: 3390635

22 އޭޕްރިލް 2015
ހޯދާ