މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު:                     ޕްރިންޓަރ

ބޭނުންވާ އަދަދު:                01 

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން:   މުޙްޔިއްދީން ސްކޫލް

މަޤާމުގެ މުސާރަ:               -/3875ރ

ސަރވިސް އެލަވަންސް:           -/1000 ރ

މަޤާމުގެ ރޭންކް:               އެސް.އެސް 3

ކްލެސިފިކޭޝަން:              ސަޕޯޓް ސްޓާފް ގުރޭޑް 3

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރައްވަންޖެހޭ މަސައްކަތްތައް:

  1. ކިޔަވައިދިނުމަށް ބޭނުންވާ ހޭންޑްއައުޓް، ވާރކްޝީޓް ފަދަ ތަކެތި، ޕްރިންޓްކޮށް ކިޔަވައިދިނުމަށް ދަތިނުވާނެގޮތުގެ އިންތިޒާމު ހަމަޖެއްސުން.
  2. ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ބޭއްވޭ ޓެސްޓްތަކާއި، އެގްޒޭމްތަކުގެ ޕޭޕަރުތައް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕްރިންޓްކުރުން.
  3. ކިޔަވައިދިނުމަށް ބޭނުންކުރާ މުޤައްރަރާއި މަންހަޖް ފަދަ ތަކެތި، ޕްރިންޓްކޮށް ލީޑިންގޓީޗަރުންގެ އިރުޝާދުގެ މަތިން މުދައްރިސުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  4. ސްކޫލުން އެކުލަވާލެވޭ ސްކޫލުތަކުގެ މުވައްޒަފުންނާއި، ދަރިވަރުންނާ ގުޅޭ ތަފާތު ޕޮލިސީތަކާއި އުސޫލުތައް ޕްރިންޓްކޮށް ދަރިވަރުންނާއި މުވައްޒަފުންނަށް އަދި ބޭނުންވާ ސްކޫލާ ގުޅުންހުރި ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  5. ސިވިލްސަރވިސް ކޮމިޝަނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ފިނޭންސް ފަދަ ސަރުކާރުގެ އިދާރާތަކުން މުވައްޒަފުންނާއި ސްކޫލުތަކުގެ ކިޔަވައިދިނުމާ ގުޅުން ހުންނަ ގަވާއިދުތަކާއި ޕޮލިސީތައް ޕްރިންޓްކޮށް، މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  6. ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ޙަރަކާތްތަކާއި މުވައްޒަފުންނަށް ހިނގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކަށް ބޭނުންވާ މެޓީރިއަލްސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕްރިންޓްކުރުން.  
  7. ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ޙަރަކާތްތަކާއި މުވައްޒަފުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކުގެ ސެޓުފިކެޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެ، ސެޓުފިކެޓުތައް ޕްރިންޓްކުރުން.  
  8. އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ، ދަޢުވަތުކާޑާއި، ބެނާ، ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެ، އެތަކެތި ޕްރިންޓްކުރުން.
  9. ސްކޫލަކީ، ކިޔެވުމާއި ކިޔަވައިދިނުމާއި ރައްޓެހި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ކިޔެވުމާއި ކިޔަވައިދިނުމާ ގުޅޭ އެކިއެކި ޝިޢާރުތައް ތައްޔާރުކޮށް އެފަދަ ތަކެތި ޑިސްޕްލޭކުރުމުގައި އެހީތެރިވެދެއްވުން.  
  10. ޕްރިންޓްކުރުމަށް ބޭނުންކުރާ، ކަރުދާހާއި، ކާޓްރިޖް ފަދަ ތަކެތި، ޕްރިންޓްކުރުމަށް ދަތިނުވާނޭހެން ހޯދުމަށްޓަކައި ކަމާ ގުޅުންހުރި މުވައްޒަފުންނަށް ހުށަހެޅުން.
  11. ޕްރިންޓްކުރުމަށް ބޭނުންކުރާ ޕްރިންޓަރ، ޗާޕުމެޝިން ފަދަ ތަކެތި ސަރވިސްކޮށް މަރާމާތުކުރަންޖެހޭނަމަ، ކަމާ ގުޅުންހުރި މުވައްޒަފުންނަށް ހުށަހެޅުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

އިންޓަރވިއު ކުރުން

  • މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 03 މޭ 2015 އިން 07 މޭ 2015 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.muhyiddinschool.edu.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ލިބިފައިވާ ތަޢުލީމާއި ތަމްރީނުތަކުގެ ޓްރާންސްކްރިޕްޓްގެ ކޮޕީ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ، ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ކ. މިމަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

  • ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 03 މޭ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.  

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މުޙްޔިއްދީން ސްކޫލުގެ ނަންބަރު 3390634/3390635 ފޯނަށް ގުޅުއްވުން އެދެމެވެ.

22 އޭޕްރިލް 2015
ހޯދާ