ދިވެހިރާއްޖެ
2024 ވަނަ އަހަރު ކުދިން ސްކޫލަށް ވެއްދުމާއި ގުޅޭ
2024 ވަނަ އަހަރަށް މި މަދަރުސާއަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލަނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
| 
 ގްރޭޑް  | 
 2024 ވަނައަހަރު ދަރިވަރުން ވައްދާ އުމުރުފުރާ  | 
| 
 އެލް.ކޭ.ޖީ  | 
 2023 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން  | 
އަދި ދަންނަވަމެވެ. އެހެން ގްރޭޑްތަކާ ގުޅެން ބޭނުންވާ ދަރިވަރުންވެސް މިމުއްދަތުގެ ތެރޭގައި ފޯމް ހުށަހެޅުމަކީ ސްކޫލްގެ ވަރަށްބޮޑު އެދުމެކެވެ. ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ގުޅެވޭނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރުފުރާ ހަމަވާ ކުދިންނެވެ.
| 
 ގްރޭޑް  | 
 2023 – 2024 ވަނައަހަރު ދަރިވަރުން ވައްދާ އުމުރުފުރާ  | 
| 
 ޔޫ.ކޭ.ޖީ  | 
 2023 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން 2024-2023 ދިރާސީ އަހަރު އެލް.ކޭ. ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ގެ ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރުވޭނެއެވެ.  | 
| 
 ގްރޭޑް-1  | 
 2023 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން 2024-2023 ގެ ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ގެ ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރުވޭނެއެވެ.  | 
- އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގުރޭޑުން އަނެއް ގުރޭޑަށް ބަދަލުނުވެވޭނެއެވެ.
 - އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިވޭތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
 - ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރު ވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.
 - އެލް. ކޭ.ޖީ އަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.
 - މިނިސްޓްރީއިން ޢަމަލު ކުރަމުންދާ އާންމު އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ހުރި ގުރޭޑްގައި ރިޕީޓް ނުކުރާނެއެވެ. ނަމަވެސް، ޙާއްޞަ ހާލަތެއް ނުވަތަ މަޤުބޫލު އުޒުރެއް އޮތުމުން މިހާރު ކިޔަވަމުންދާ ގުރޭޑް ގައި ރިޕީޓްކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ހާލަތެއްގައި އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރިއަށް ހުށައެޅިދާނެއެވެ. އަދި ރިޕީޓް ކުރެވޭނީ ހުށަހެޅިފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް މިނިސްޓްރީއިން ލިޔުމުން ހުއްދަދިނުމުންނެވެ.
 
ވީމާ، ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 25 މާރިޗް 2024 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު މަދަރުސާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި، ބަލައިގަތުން އޮންނާނީ 2024 މާރިޗް 12 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން 12.00 އަށް މަދަރުސާގެ އޮފީހުންނެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6600034 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
