| 
 މަޤާމު 
 | 
 ސީނިއަރ އެޑްމިނިސްޓްރޭޓިވް  އޮފިސަރ 
 | 
| 
 ބޭނުންވާ އަދަދު 
 | 
 1 
 | 
 މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1 
 | 
 ރޭންކް: MS1 
 | 
| 
 މުސާރަ 
 | 
 މަހަކު -/5،610 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/2،000 ރުފިޔާ 
 | 
| 
 ރިސްކް އެލަވަންސް 
 | 
 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 
 | 
| 
 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް 
 | 
 އަސާސީ މުސާރައިގެ %35 
 | 
| 
 ޑިޕާރޓްމަންޓް 
 | 
 ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ / ޏ . ފުވައްމުލައް 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ސެންޓަރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ޗުއްޓީއާއި މުވައްޒަފުންނާ، ވަޒީފާއާގުޅޭ އެހެނިހެން ކަންތައްތައް ކަމާބެހޭ ޑިވިޜަން/ ސެކްޝަން/ ޔުނިޓްތަކާ ގުޅިގެން ކުރިއަށް ގެންދިއުން.
 
- ސެންޓަރަށް ހޯދަންޖެހޭ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދައި އެތަންތަނަށް ފޮނުވުން.
 
- ސެންޓަރުން ފޮނުވަންޖެހޭ އިދާރީ ލިޔުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައި، މިކަންކަމާއި ބެހޭގޮތުން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން.
 
- ސެންޓަރުގެ އަހަރީ ބަޖެޓް ހެދުމާ އެކްޝަން ޕްލޭން ތައްޔާރުކުރުމަށް ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނަވާ ބޭފުޅަކާ މަޝްވަރާކޮށް ތައްޔާރުކުރުން.
 
- ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނަވާ ބޭފުޅަކު ވިދާޅުވާ މެމޯ ތައްޔާރުކުރުމާއި، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުން އެންގުމާއި، ސެންޓަރުން ބޭރަށް ފޮނުވަންޖެހޭ މެމޯ/ ސިޓީ ފަދަތަކެތި ލިޔެ ފޮނުވުން.
 
- ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.
 
- މުވައްޒަފުންނަށް މުސާރަދިނުމަށް ބޭނުންވާ ހުރިހާ ރިޕޯޓެއް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚަށް ބަޖެޓަށް ފޮނުވުން.
 
- ސެންޓަރުގެ ސްޓޮކަށް ބޭނުންވާ ތަކެތި ނެގުމަށާއި، އެހެނިހެން ޚިދުމަތްތައް ހޯދުމަށް ނޭޝަނަލް ޑްރަގް އޭޖެންސީއަށް ރިކުއެސްޓް ފޮނުވާ ފޮލޯއަޕް ހެދުން.
 
 
 | 
| 
 މަޤާމުގެ ޝަރުޠު 
 | 
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
 
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
 
 
 | 
| 
 މަޤާމު 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  (ޖީ. އެސް 3) 
 | 
 ރޭންކް: GS3 
 | 
| 
 މުސާރަ 
 | 
 މަހަކު -/4،465 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1،500 ރުފިޔާ 
 | 
| 
 ރިސްކް އެލަވަންސް 
 | 
 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން  
 | 
| 
 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް 
 | 
 އަސާސީ މުސާރައިގެ %35 
 | 
| 
 ޑިޕާރޓްމަންޓް 
 | 
 ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ 
 | 
| 
 އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ހާފްވޭ ހައުސް/ ހުޅުމާލެ 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ސެންޓަރުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
 
- ސެންޓަރަށް ބޭނުންވާ ތަކެތި ހޯދުމާއި އެތަކެތި ބެލެހެއްޓުން.
 
- ސެންޓަރުން ލިޔަންޖެހޭ ސިޓީ، މެމޯ ފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 
- ސެންޓަރުން ފޮނުވާ އަދި ސެންޓަރަށް ލިބޭ ލިޔެކިޔުންތަށް ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން.
 
- ސެންޓަރުގެ ބޭފުޅުންކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް ބެލެހެއްޓުން.
 
 
 | 
| 
 ތަޢުލީމާއި ތަޖުރިބާ 
 | 
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު ލިޔުން)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.  
 
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެގެން އޮންނަންވާނެއެވެ.
 
 
 | 
| 
 ސުންގަޑި 
 | 
 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ. 
 | 
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 
 | 
 2015 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ. 
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރުމަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3334568އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 
 |