ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތިރީގައިވާ ތަންތަނާއި މަގުތަކަށް ނަންކިޔުމަށް ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލުގެ 134 ވަނަ ޢާއްމު ބައްދަލުވުމުން ނިންމަވާފައިވާތީ އެކަން އާއްމުކޮށް އަންގައި އިޢުލާނު ކުރަމެވެ.
|
އާއްމުކޮށް ކިޔާނަން / ތަން |
ފާސްކުރެވުނު ނަން |
|
ކުޑަކުދިންގެ ޕާކު |
ކާސިންކިލެގެ މައިޒާން |
|
މޫދަށްއެރޭ ސަރަހައްދު / ޕިކްނިކް އޭރިޔާ (ބުރަފަތި ސައިޓާ ދިމާ ހުޅަނގު ފަރާތް) |
ދެމެދުމަތި ފަންނު |
|
ސައިޓް އޮފީސް |
ފަތުރު ހިޔާ |
|
ރައްޔިތުންގެ ހިޔާ |
ތަކުރު ހިޔާ |
|
އިޖުތިމާޢީ ހިޔާގެ ކޮޓަރިތައް ހިމެނޭ ބައި |
ކަމަނަ ހިޔާ |
|
އިޖުތިމާޢީ ހިޔާގެ ހޯލުތައް ހިމެނޭ ބައި |
އުލިގަމު ދަރުބާރުގެ |
|
ފެންސް މަގު |
ދެރަށް ބުރިކޮށްލި މަގު |
|
ގެސްޓް ހައުސް މަގު (ބޮޑުތަކުރުފާނުމަގާ ގުޅޭގޮތަށް ހުޅަނގަށް، ގެސްޓް ހައުސް ހިމެނޭ ސަރަހައްދަށް ވަދެވޭގޮތަށް އަލަށް ހެދި މަގު) |
ފަތުރު ހިނގުން |
|
ފުޅުބޯޅަދަނޑުގެ އުތުރުން ފެނަކައާ ދެމެދު އޮންނަ މަގު |
ދެމެދުމަތި ހިނގުން |
|
ފުޓުބޯޅަދަނޑުގެ ދެކުނުން ސްކޫލާ ދެމެދު އޮންނަ މަގު |
ކަޅުފަނުކަލޭފާނު ހިނގުން |
|
ކަސްޓަމްސް ގޯތީގެ އިރަށް އޮންނަ މަގު |
ފަރުމޭޓު މަގު |
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
