ދިވެހިރާއްޖެ
ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ފުރާވަޑައިގަންނަވާ ބޭފުޅުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި ހިމެނޭޕޯލިއޯ ވެކްސިންއަކީ އަނގައަށް ދޭންޖެހޭ ވެކްސިންއެއްކަމަށްވެފައި، މިއީ ރޯދަ މަހު ދުވާލުގަޑީގައި ދެވޭ ވެކްސިންއަކަށް ނުވާތީވެ، ޢުމްރާއަށް އަދި އެހެނިހެން ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން މި ވެކްސިން ނަންގަވަން ޖެހޭ ބޭފުޅުންނަށް މިވެކްސިން ދިނުމަށް ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
| 
 އޮފީސް ހުޅުވާ ތާރީހް / ދުވަސް  | 
 ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި  | 
| 
 14 މާރޗް 2024 (ބުރާސްފަތި)  | 
 ރޭގަނޑު 9:00 އިން 10:00 އަށް  | 
| 
 21 މާރޗް 2023 (ބުރާސްފަތި)  | 
 ރޭގަނޑު 9:00 އިން 10:00 އަށް  | 
| 
 28 މާރޗް 2023 (ބުރާސްފަތި)  | 
 ރޭގަނޑު 9:00 އިން 10:00 އަށް  | 
އަދި 1445 ވަނަ އަހަރު ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން 10 މާރޗް 2024 ގެ ކުރިންޢުމްރާ ވެކްސިންޖަހާ ނިންމެވުމަށް ސަމާލުކަން ދެއްވުންވެސް އެދެމެވެ.
