| 
 ދަރިވަރުންގެ ފާހާނާބަރި މަރާމާތުކުރުން 
         މި ސުކޫލުގެ ދަރިވަރުން ބޭނުންކުރަމުން ގެންދާ ފާހާނަ ބަރި، މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ GS106/IUL/2024/006   އަށް އެއްވެސްފަރާތަކުން އިޖާބަ ދީފައި ނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ. 
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 10:45 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މި މަސައްކަތަށް ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. 
| 
 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 
 | 
 29 ފެބްރުއަރީ 2024، ހެނދުނު 10:45 ގައި  މާއުނގޫދޫ ސުކޫލުގައި 
 | 
 
| 
 އަންދާސީ ހިސާބު ހުށަހެޅުން 
 | 
 03 މާރޗް 2024، ހެނދުނު 10:45 ގައި  މާއުނގޫދޫ ސުކޫލުގައި 
 | 
 
 
 
  
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554 އާ ގުޅުއްވުން އެދެމެވެ. 
17 ޝައުބާން 1445 
27 ފެބްރުއަރީ 2024 
  
  
  
އިބްރާހީމް ޞަލާޙް 
ޕްރިންސިޕަލް 
 |