ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ޤައުމީ ދާރުލްއާސާރު ހިނގަމުންދާ އިމާރާތުގެ އަލިފާން ނިވާ ނިޒާމުގައިހުރި ބައެއް މައްސަލަތައް ހައްލުކޮށް އަދި އެސިސްޓަމް 1 އަހަރަށް ބަލަހައްޓައި ސާވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު 12/IUL)222-AH/INDIV/2015)ފ(02 އެޕްރީލް 2015) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް މީހުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ޤައުމީ ދާރުލްއާސާރު | ހޯމަ | 20 އެޕްރީލް 2015 | 11:30 | 
| އަންދާސީހިސާބު ހުށަހެޅުން | ޤައުމީ ދާރުލްއާސާރު | ބުރާސްފަތި | 23 އެޕްރީލް 2015 | 11:30 | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
20 ޖުމާދަލްއާޚިރާ 1436
 
                    