ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލެއް އަޅަން ބޭނުންވެއްޖެ
ޓީވީ މޯލްޑިވްސް ކައިރީގައި ހުންނަ އެންސީއައިޓީގެ ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން އެދުރުހިޔާ ބިލްޑިންގަށް ފައިބަރ އޮޕްޓިކް ކޭބަލެއް އެޅުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
|
20 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 13:00 އަށް |
23 އެޕްރީލް 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403, 3341436 ނަންބަރު ފޯނާއެވެ.
20 ޖުމާދަލްއާޚިރާ 1436
