| މަޤާމު: | އެކައުންޓްސް އޮފިސަރ، ގްރޭޑް-2 | 
| ކްލެސިފިކޭޝަން: | އޮފިސަރ، ގްރޭޑް-2 | 
| ސިވިލް ސަރވިސްގެ ރޭންކް: | ޖީ.އެސް 3 | 
| ބޭނުންވާ އަދަދު: | 01 | 
| އަސާސީ މުސާރަ: | -/5,300 ރުފިޔާ | 
| ލިވިންގ އެލަވަންސް: | -/4,000 ރުފިޔާ | 
| ނޮންޕްރެކްޓިސް އެލަވަންސް: | އަސާސީ މުސާރައިގެ %45 | 
| އެކު ޖުމްލަ: | -/11,685 ރުފިޔާ | 
| އެހެނިހެން އިނާޔަތްތައް:   | ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ. | 
| ފެންވަރު ނުވަތަ ޝަރުޠު: | 
އެކައުންޓްސް އާ ފައިނޭންސް ނުވަތަ އެކައުންޓްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،އޭލެވެލްގައި އިނގިރޭސިއާ ދިވެއްސާ އެކައުންޓްސްއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއިއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،އޯލެވެލްގައި އިނގިރޭސިއާ ދިވެއްސާ އެކައުންޓްސް ހިމެނޭގޮތުން 5 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އުޅެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: | 
މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިންވެންޓްރީ ބެލެހެއްޓުން.ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ޕްރޮކިއުމަންޓްގެ އެންމެހައި މަސައްކަތްކުރުން.ކޮމިޝަންގެ ފަރާތުން ރާވަންޖެހޭ ދަތުރުތައް ރޭވުމުގައި އެކައުންޓްސް އަދި ފައިނޭންސްގެ ތެރެއިން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުން.ކޮމިޝަންގެ އެސެޓް ރެޖިސްޓްރީއާ ކޭޝްފްލޯ އަދި އެކައުންޓް ރިސީވަބަލްސް ތައްޔާރުކޮށް، ހަމަޖެހިފައިވާ އުސޫލުން ފޮނުވަންޖެހޭ ފަރާތްތަކަށް  ފޮނުވުން.ކޮމިޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.ކޮމިޝަނުގެ މާލީ ބަޔާން ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގައި އެހީތެރިވުން.މާލިއްޔަތުގެ ގަވާއިދާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނަށް ލިބޭ ފައިސާއާއި އެފައިސާއާ ގުޅޭ އެންމެހާ ލިޔެކިޔުން ބެލެހެއްޓުން އަދި ފައިނޭންސް ޔުނިޓްގެ ފައިލިން ސިސްޓަމް ބެލެހެއްޓުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ފޯމުގައި ބުނެފައިވާ ލިޔުންތައް. (އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.) ނޯޓް: 
އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00އިން 15:00އަށް) މިކޮމިޝަނުގެ ކައުންޓަރަށެވެ.އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން، ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފަރާތެއްވެސް ޑިސްކޮލިފައި ކުރެވޭނެއެވެ. | 
| ސުންގަޑި: | 
2015 އެޕްރީލް 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން.ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ސުންގަޑީގެ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | 
މިމަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝޯޓްލިސްކުރެވޭ ފަރާތްތަކުގެތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކުލސްލިބޭ 15 ފަރާތަކަށެވެ.އިންޓަވިއު ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 މެއި 03 ން 14 އާ ދެމެދުއެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ. |