ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)އަށް ތިރީގައި މި ދަންނަވާފައިވާ މަގާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށްވަނީ ބޭނުންވެފައެވެ.
- ސޯޝަލް އެންޑް އެންވަޔަރަންމެންޓަލް ސޭފްގާރޑް ސްޕެޝަލިސްޓް
 
މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
 - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ،
 - ކުރީގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއިބެހޭގޮތުން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިއުންތައް
 - ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 - ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
 - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
 
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާއަށް ހޮވޭފަރާތްތަކުން މަސައްކަތްކުރަންޖެހޭނީ މަތީގައި ދަންނަވާފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ. އެހެންކަމުން ވަޒީފާއަށް ހޮވޭ ފަރާތްތަކުން ގިނަވަގުތު މަސައްކަތް ކުރުމާއި މަޝްރޫޢުގެ ރަށްތަކަށް ދަތުރުތައްކުރުމުގެ ޤާބިލްކަންހުންނަން ޖެހޭނެއެވެ. ވަޒީފާއަށް ހޮވޭ ފަރާތްތަކުން މަޝްރޫޢުގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ އަދި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ޤާބިލްކަން ހުންނަންޖެހޭނެއެވެ.
މި މަގާމަށް ކަނޑައަޅާފައިވާ އުޖޫރަ
ތިރީގައިވާ ތާވަލުގައި އެވަނީ މިމަޤާމްތަކަށް ކަނޑައެޅިފައިވާ މަހު މުސާރައެވެ. މިމުސާރައިގެ އިތުރުން، ވަކި ޤާނޫނަކުން ލާޒިމުކުރާ ޢިނާޔަތެއްފިޔަވާ އިތުރު އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
| 
 ނަންބަރު  | 
 މަޤާމުގެ ނަން  | 
 ބޭނުންވާ ޢަދަދު  | 
 މަހު މުސާރަ (ރުފިޔާ)  | 
| 
 01  | 
 ސޯޝަލް އެންޑް އެންވަޔަރަމެންޓަލް ސޭފްގާރޑް ސްޕެޝަލިސްޓް  | 
 1  | 
 36,000  | 
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 29 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
ފޯނު ނަންބަރު: 9652427
 އީމެއިލް: [email protected]
ޕްރޮޖެކްޓް މެނޭޖަރ
ގްރޭޓަރ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.
