މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
'ޕެޓް ކެއަރ ފެސިލިޓީ' ގެ އާކިޓެކްޗަރަލް ޑްރޯވިންގ އާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޕްރައިޒްޑް ބީ.އޯ.ކިއު ހަދައިދޭނޭ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 15 ފެބުރުވަރީ 2024 14:57 ގައި ބާތިލް ކުރެވިފައެވެ.


 މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ 'ޕެޓް ކެއަރ ފެސިލިޓީ' އެއް އިމާރާތްކުރުމަށް ތިރީގައި މިވާ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2024/15 ގެ މަޢުލޫމާތު ސާފުކުރުމަށް ދުވަސް ކަޑައަޅައި އަދި އަންދާސީ ހިސާބު ހުށަހަޅަން މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.

  • މި މިނިސްޓްރީ އިން ދޭ ޑްރާފްޓް ފްލޯޕްލޭނާއި މައުލޫމާތު ކަރުދާހާއި އެއްގޮތައް ފެސިލިޓީގެ އިމާރާތުގެ އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކުރުން.
  • ޔޫޓިލިޓީ އާއިގުޅޭ ސާރވިސް ކުރެހުންތައް ތައްޔާރު ކުރުން.
  • އިމާރާތްތަކުގެ ކުރެހުންތަކާއި، އަދި ޔޫޓިލިޓީ އާއިގުޅޭ ސާރވިސް ކުރެހުންތަކުގެ މައްޗަށް ބިނާކޮށް އިމާރާތުގެ އެސްޓިމޭޓެޑް ޕްރައިޒްޑް ބީ.އޯ.ކިއު ތައްޔާރުކުރުން.
  • މަސައްކަތްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުން

މިކުރެހުންތަކާއި ސްޕެސިފިކޭޝަންތަކަކީ ސަރުކާރުގެ އިމާރާތް ކުރުމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ ފެންވަރުގެ ލިޔެކިޔުންތަކަކަށް ވާންޖެހޭނެއެވެ. އަދި ލައިސަންސް ލިބިފައިވާ ސްޓްރަކްޗަރަލް އިންޖިނިއަރަކާއި އާރކިޓެކްޗަރެއް ކުރެހުންތައް ޗެކުކޮށް، އެފަރާތުގެ ތައްގަނޑު ކުރެހުންތަކުގައި ޖަހަންވާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

15 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހު 10:00 އަށް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ހުށަހެޅުން

20 ފެބްރުވަރީ 2024 ވާ އަންގާރަ ދުވަހު 11:00 އަށް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339208 ނަންބަރު ފޯނަށެވެ.

14 ފެބުރުވަރީ 2024
ހޯދާ