ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2024/16
އިޢުލާން
ހަނިމާދޫ ކައުންސިލް" ޖަވާހިރުލް ޤުރުއާން މުބާރާތް 1445 " ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
2024 ވަނައަހަރު މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ޖަވާހިރުލް ޤުރުއާން މުބާރާތް 1445 ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
| # | ކީ ސްޓޭޖްތައް | ނުބަލާކިޔެވުން | ބަލައިގެން ކިޔެވުން | ||
| ފެށޭކޮޅު | ނިމޭކޮޅު | ފެށޭކޮޅު | ނިމޭކޮޅު | ||
| 1 | ފައުންޑޭޝަން | ފާޠިހާ 1 – ބަޤަރާ 77 | އަޢުލާ 1 – ނާސް 6 | 1ވަނަ ފޮތް | 30ވަނަ ފޮތް | 
| 2 | ކީ ސްޓޭޖް 1 | 1 ވަނަ ފޮތް | 30 ވަނަ ފޮތް | ފޮތް 1 – 3 | ފޮތް 28 – 30 | 
| 3 | ކީ ސްޓޭޖް 2 | ފޮތް 1 – 3 | ފޮތް 28 – 30 | ފޮތް 1 – 7 | ފޮތް 24 – 30 | 
| 4 | ކީ ސްޓޭޖް 3 | ފޮތް 1 – 5 | ފޮތް 26 – 30 | ފޮތް 1 – 10 | ފޮތް 21 – 30 | 
| 5 | ކީ ސްޓޭޖް 4 | ފޮތް 1 – 7 | ފޮތް 24 – 30 | ފޮތް 1 – 15 | ފޮތް 16 – 30 | 
ފައުންޑޭޝަން ސްޓޭޖާއި އަދި ކޮންމެ ކީސްޓޭޖަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި ފައުންޑޭޝަން ސްޓޭޖާއި ކޮންމެ ކީސްޓޭޖަކުން 1 ވަނަ، 2 ވަނަ އަދި 3ވަނަ ހޮވޭނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.
މިމުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ
| ކޮންމެ ކީ ސްޓޭޖަކުން | ކޮންމެ ގޮތްޕަކުން | 
| 1 ވަނަ -/2000 ރުފިޔާ | 1 ވަނަ -/5000 ރުފިޔާ | 
| 2 ވަނަ -/1500 ރުފިޔާ | 2 ވަނަ -/2500 ރުފިޔާ | 
| 3 ވަނަ -/1000 ރުފިޔާ | 3 ވަނަ -/1500 ރުފިޔާ | 
މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ކައުންސިލް އިދާރާއަށެވެ. މުބާރާތުގެ އުޞޫލު އަދި ބައިވެރިވުމުގެ ފޯމް މި ކައުންސިލްގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ. މީގެ އިތުރުން އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00އަށް ކައުންސިލް އިދާރާ ކައުންޓަރުންނެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 11 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 އެވެ.
ނޯޓް: މުބާރާތް ކުރިއަށްދާނީ 2024 ވަނަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ. އަދި ހދ އަތޮޅު ޤުރުޢާން މުބާރާތަށް ދަރިވަރުން ނެގޭނީ މި މުބާރާތުން އެއްމެ މަތިން މާކްސް ހޯދާފައިވާ އުމުރުފުރާތަކުގެ ދަރިވަރުންގެ ތެރެއިން ތަރުތީބުންނެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ރަޖަބް 1445
05 ފެބްރުވަރީ 2024
 
                    