ދިވެހިރާއްޖެ
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ރަށުގެ ހުސްބިން ބޭނުންކުރުން، އަދި އެކަންކަމަށް ފީ ނެގުމާއި ބެހޭ ޤަވާއިދަށް އަމަލުކުރުމުގެ އުސޫލު https://www.gazette.gov.mv/iulaan/212498 ގެ ދަށުން ބަނޑިދޫގެ ހަތަރު ސަރަހައްދެއްގައި ވިޔަފާރި ކުރެވޭނެ އިންތިޒާމް އެކަމަށް ޝައުގުވެރިވެލައްވާ ފާރާތްތަކަށް ފަހިކޮށްދިނުމަށް މިކައުންސިލުން ވާނީ ނިންމާފައެވެ. މިގޮތުން ވިޔަފާރިތަކުން ނެގޭނެ އެންމެ ކުޑަ ފީ އަކީ -/500ރ (ފައްސަތޭކަރުފިޔާ) އެވެ. މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރެވޭނެ ސަރަހައްދުތައް ތިރީގައި ބަޔާންވެފައި އެވަނީއެވެ.
- ދ.ބަނޑިދޫ ޖެޓީ ސަރަހައްދުގައި ހުރި މަސްފެންގަނޑުގެ އިރު އުތުރުން
 - ދ،ބަނޑިދޫ ރަށްދެބައިމަގު ހުޅަނގު އުތުރުން ބަނދަރު ކައިރީ ރުށްގަނޑު ސަރަހައްދު
 - ފެނަކަ ކޯޕަރޭޝަން ބަނޑިދޫ ބްރާންޗްގެ އައު އޮފީސް އަދި ބަނޑިދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ހުސްބިން
 - ދ.ބަނޑިދޫ ބަނދަރު ހުޅަނގު ދެކުނު ސަރަހައްދު
 
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދި ލިޔުމުން ކައުންސިލަށް ހުށަހަޅުއްވާ ތަރުތީބުން އެންމެ ފުރަތަމަ އެދިލައްވާ 4 ފަރާތަކަށެވެ. އަދި މިކަމަށްއެދި ސިޓީ ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރިއާއި ކަމާގުޅޭ ވިޔަފާރި އެކްޓިވިޓީތައް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
