މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް ( ވޭޖް ޕޫލް އެކުލަވާލުމާ ގުޅޭ )

އިޢުލާން

ކައުންސިލް އެސިސްޓެންޓް ( ވޭޖް ޕޫލް އެކުލަވާލުމާ ގުޅޭ )

           ހިންމަފުށީ މިސްކިތްތަކުގެ މަސައްކަތު މުއައްޒަފުން އަހަރީ ޗުއްޓީ / ސަލާމް / ޢާއިލީ ޒިންމާ ޗުއްޓީގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތްތަކުގައި މަސައްކަތް ކުރުމަށް މަސައްކަތުމީހުން 1 އަހަރު ދުވަހުގެ މުއްދަތަށް ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން ޕޫލެއް އެކުލަވާލަން ބޭނުން ވެއްޖެއެވެ.

މަޤާމް: ކައުންސިލް އެސިސްޓެންޓް ( ވޭޖް )

ބޭނުންވާ ޢަދަދު:  _

ގިންތި:  ވަގުތީ

ރޭންކު:  އިމާމް – އެސް އެސް 1

މުއްދަތު: މީލާދީ  01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:  ހިންމަފުށީ މަސްޖިދުއްޛިކްރާ

މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މިސްކިތު މަސައްކަތު މުއައްޒަފުން ޗުއްޓީ އާއި ސަލާމުގައި ތިބޭ ވަގުތުތަކުގަ އެވެ. އެހެންކަމުން މުސާރަ އާއި އެލަވަންސް ލިބިލައްވާނީ އެފަދަ ޙާލަތުގައި ހަމައެކަނި މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސް ތަކަށެވެ. 

މުސާރަ އާއި އެލަވަންސް: ނަމާދުކުރާ ކޮންމެ ގަޑިއަކަށް -/45ރ ( ސާޅީސް ފަސްރުފިޔާ )

ތަޢުލީމާއި ތަޖުރިބާ:

 • އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުމާއި އެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

 • ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ  ލިއުން.
 • ނުވަތަ ގްރޭޑް 7 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދޭ ސްކޫލްގެ ލިއުން.
 • ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިއުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓެރީ ޖެނެރަލަށް ޖަވާބުދާރީވުން.
 • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓެރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
 • ކޮންމެ ނަމާދު ވަގުތަކަށް ބަންގި ގޮވުމުގެ 15 މިނިޓް ކުރިން މިސްކިތަށް ޙާޟިރުވެ، ބޮކިތައް ދިއްލުމާއި ފަންކާތައް ޖަހާ، މިސްކިތުގައި ރަގަޅުކުރަން ޖެހޭ ކަންކަން ބަލާ، ރަގަޅުކުރުން. އަދި ނަމާދު ނިމިގެން ފަންކާތަކާއި ބޮކިތައް ނިއްވުން.
 • މިސްކިތާއި މިސްކިތުގެ ދޮރުތަކާއި ކަބަޑުތަކާއި ފަންކާ ހޮޅިބުރިތައް ފޮޅާ ސާފުކުރުމާއި އިސްކުރުބަރި އާއި ފާޚާނާތައް ދުވާލަކު 1 ފަހަރު ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން.
 • މިސްކިތުގެ ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުން.
 • މިސްކިތުގެ ވަށާމަގު ކުނިނޮޅާ، ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުން.
 • މިސްކިތުގެ ވަޅުތައް ދިޔަހިއްކާ ސާފުތާހިރުކޮށް ބެލެހެއްޓުން.
 • މިސްކިތުގެ ގޯތިތެރޭގައި ހިޔާދޭ ބޮޑެތި ގަހާއި ބަގީޗާގަސް އިންދާ ހައްދާ ބެލެހެއްޓުން.
 • މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ އެފަދަ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރިކަން އިމާމަށާއި އިދާރާއަށް ދިނުން.

ހުށަހަޅަންޖެހޭ ލިއުންތައް:

 • ވަޒީފާއަށް އެދޭ ފޯމް
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯނު ނަންބަރާއި  އީ މެއިލް އެޑްރެސް ހިމެނޭގޮތަށް )
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

މަޤާމަށް އެދުމުގެ ސުންގަޑި:  މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  15 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mv/downloads/1515 ވެބްސައިޓުންނާއި ހިންމަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ  [email protected]  އެވެ.

މަޢުލޫމާތު ސާފުކުރުން:  މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6642020 ނަންބަރު ފޯނަށެވެ. އަދި އީމެއިލް އެޑްރެހަކީ  [email protected]  އެވެ.                  

04 ފެބުރުވަރީ 2024
ހޯދާ