މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމް / މުދިމުންގެ ވޭޖް ޕޫލް އެކުލަވާލުމާއިގުޅޭ

އިޢުލާން

ވަގުތީ އިމާމް / މުދިމުންގެ ވޭޖް ޕޫލް އެކުލަވާލުމާއިގުޅޭ

           ހިންމަފުށީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުން އަހަރީ ޗުއްޓީ / ސަލާމް / ޢާއިލީ ޒިންމާ ޗުއްޓީގައި ތިއްބަވާ ދުވަސްތަކުގައި އިމާމުވެ ނަމާދުކުރުމަށް އިމާމުން / މުދިމުން 1 އަހަރު ދުވަހުގެ މުއްދަތަށް ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން ޕޫލެއް އެކުލަވާލަން ބޭނުން ވެއްޖެއެވެ.

މަޤާމް: އިމާމް / މުދިމު

ބޭނުންވާ ޢަދަދު:  _

ގިންތި:  ވަގުތީ

ރޭންކު:  އިމާމް – ޖީ އެސް 3 ، މުދިމް – ޖީ އެސް 1

މުއްދަތު: މީލާދީ  01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:  ހިންމަފުށީ މިސްކިތްތައް

މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ އިމާމުން ނާއި މުދިމުން ޗުއްޓީ އާއި ސަލާމުގައި ތިބޭ ވަގުތުތަކުގަ އެވެ. އެހެންކަމުން މުސާރަ އާއި އެލަވަންސް ލިބިލައްވާނީ އެފަދަ ޙާލަތުގައި ހަމައެކަނި މިސްކިތް ބަލަހައްޓަވާ، މަސައްކަތް ކުރައްވާ ދުވަސް ތަކަށެވެ. 

މުސާރަ އާއި އެލަވަންސް: އިމާމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/61ރ ( ފަސްދޮޅަސް އެއްރުފިޔާ ) އަދި               

               މުދިމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53ރ ( ފަންސާސް ތިންރުފިޔާ )  

ތަޢުލީމާއި ތަޖުރިބާ:

 • އިމާމު ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ
 • މުދިމް ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
 • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
 • ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ
 • ބަންގި ގޮވާ އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށް ދެވޭ އިމްތިޙާނަކުން ފާސްވުން. ( މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤަމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ. ) 

މަޤާމުގެ މަސްއޫލިއްޔަތު:

 • ކޮންމެ ނަމާދު ވަގުތަކަށް މިސްކިތަށް ޙާޟިރުވެ، ބަންގިގޮވާ ނަމާދުކުރުން.
 • މިސްކިތު މަސައްކަތު މުއައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން، އެގޮތުން މަސައްކަތު މުއައްޒަފުން މިސްކިތް ސާފުކުރަމުން ގެންދާގޮތާ ނަމާދުވަގުތުތަކަށް ޙާޟިރުވަމުން ދާގޮތް ރެކޯޑް ފައިލް ބެލެހެއްޓުން.
 • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުނސިލަށް އެންގުން.
 • އަދި ދިމާވާ ކަންކަން ޤަވާޢިދުން ކައުންސިލަށް ރިޕޯޓް ކުރުން.

ހުށަހަޅަންޖެހޭ ލިއުންތައް:

 • ވަޒީފާއަށް އެދޭ ފޯމް
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯނު ނަންބަރާއި  އީ މެއިލް އެޑްރެސް ހިމެނޭގޮތަށް )
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

މަޤާމަށް އެދުމުގެ ސުންގަޑި:  މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mv/downloads/1515 ވެބްސައިޓުންނާއި ހިންމަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ  [email protected]  އެވެ.

މަޢުލޫމާތު ސާފުކުރުން:  މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6642024 ނަންބަރު ފޯނަށެވެ. އަދި އީމެއިލް އެޑްރެހަކީ  [email protected]  އެވެ.                 

04 ފެބުރުވަރީ 2024
ހޯދާ