ދިވެހިރާއްޖެ
| އިޢުލާން ވަޒީފާގެ ފުރުޞަތު: | ||
| މޯލްޑިވްސް ޕޯލް އެންޑް ލައިން ޓޫނާ ޕޯޓް ސާމްޕްލިންގ ޕްރޮޖެކްޓް 2014 ގެ ދަށުން، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަންނަ ބަނދަރުން ސާމްޕަލް ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރި IUL)240-ADS/240/2015/20) ނަންބަރުގެ އިޢުލާނާ ގުޅިގެން އެކަމަށް އެދި އެންމެ ފަރާތަކުން ހުށަހަޅާފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިއުލާން ކުރީމެވެ. | ||
| ބޭނުންވާ އަދަދު: | 2 (ދޭއް) | |
| މުސާރަ: | 4000.00 ރުފިޔާ | |
| އެހެނިހެން ޢިނާޔަތް: | މަސައްކަތުގެ ވަގުތުގައި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންކޭ އެއްފަދައިން ކެއުން ނުވަތަ ސައި ލިބޭނެ. | |
| ބޭނުންވާ މުއްދަތު: | 12 މަސްދުވަސް (1 އަހަރު ދުވަސް) | |
| މަސައްކަތް ކުރަންޖެހޭ ދުވަސްތައް: | ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް | |
| މަސައްކަތް ކުރަންޖެހޭ ވަގުތު: | ދުވާލަކު 2 ގަޑިއިރު ނުވަތަ 3 ގަޑިއިރު ނުވަތަ އެ ދުވަހަކަށް ކަނޑައެޅިފައިވާ މަސައްކަތް ނިމެންދެން. | |
| މަސައްކަތް ކުރަންޖެހޭތަން: | މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަންނަ ބަނދަރު | |
| 
 
 
 މަޤާމުގެ މަސްއޫލިއްޔަތު: | 1- މަހުގެ ދިގުމިން: ހަފުތާއަކު 3 ދުވަހު، ބަނދަރަށް ލަފާ ދޯނިތަކުން 2 ދޯންޏަކުން ގެނައި މަހުގެ ތެރެއިން ބައެއްގައި ދިގުމިނުގެ ހިސާބު ނެގުން. 2- ކަނދުފަތީގެ މަސްވެރިކަމުގައި ބޭނި ބާވަތްތަކުގެ މިންވަރު ބެލުން: ހަފުތާއަކު 1 ދުވަހު، ބަނދަރަށް ލފާ ދޯނިތަކުގެ ތެރެއިން ކަނދުފަތިން މަސްވެރިކަންކުރި ކޮންމެވެސް 2 ދޯންޏަކުން ގެނައި މަހުގައި ހުރި ބާވަތްތަކުގެ އަދަދު ގުނުން. 3- ލޯބޮޑު ކައްނެއްޔާއި ރީނދޫއުރަހަ ކަންނެލީގެ މިންވަރު ބެލުން: ހަފުތާއަކު އެއްދުވަހު، ބަނަދަރަށް ލފާ ދޯނިތަކުގެ ތެރެއިން ކޮންމެވެސް 2 ދޯންޏަކުން ގެނައި މަހުގެ ތެރޭގައި ލޯބޮޑު ކަންނެއްޔާއި، ރީނދޫ އުރަހަ ކަންނެލި ހުރި މިންވަރު ބެލުން. 4- އާދައިގެ އައިނަކުން ކުރި މަސްވެރިކަމުގައި ބޭނުނު ބާވަތްތައް ބެލުން: ހަފުތާއަކު 1 ދުވަހު، ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން އާދައިގެ އައިނަކުން މަސްވެރިކަންކުރި ކޮންމެވެސް 2 ދޯންޏަކުން ގެނައި މަހުގައި ހުރި ބާވަތްތަކުންގެ މިންވަރު ބެލުން. 5- މަސްވެރިކަމުގެ ލޮގްފޮތް ފުރުމުގައި މަސްވެރިންނަށް އެހީތެރިވެދިނުން. 6- ނެގޭ ހިސާބުތައް، މަހަކު ދެފަހަރު، މެރިން ރިސަރޗް ސެންޓަރަށް ޤަވާއިދުން ފޮނުވުން. | |
| އިންޓަރވިއު އޮންނާނެ ތަނަކާއި މުއްދަތު: | މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ. | |
| ތަކެތި ހުށަހެޅުމުގެ ސުންގަޑިއާއި ތަން: | 2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 15.00 ގެ ކުރިން، ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއަށް. | |
| 
 
 ހުށަހަޅަށްޖެހޭ ލިޔުންތައް: | 1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) | |
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322242 ނަންބަރު ފޯނާއެވެ. | |
13 ޖުމާދަލްއާޚިރާ 1436
 
                    