މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ފެންޑާބައިގެ މަރާމާތާއިބެހޭ.

             ނޫރު މިސްކިތުގެ އުތުރުފަރާތައް އިތުރުކޮށްފައިވާ ފެންޑާބައިގެ ތަޅުމުގައި މުށިޖެހުމާއި، ފެންލައިޓް ދޮރުތައް އެލްމެނިއަމް ފަތީގައިޖަހާ ދޮރުތައް ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ  ފަރާތެއް ހޯދުމަށް  ކުރެވުނު މިއިދާރާގެ އިޢުލާން ނަމްބަރ: (IUL) 366/2024/10 ގެ އިޢުލާނާއިގުޅިގެން އެކަމަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެއިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ، މިއިޢުލާނާއިއެކު ޢާއްމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 07 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއިން ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ ފޯމް " ފުރިހަމަ ކުރުމަށްފަހު  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއެކު މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމް ޢާއްމުކުރީމެވެ.

 

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 ފެބުރުވަރީ 2024
ހޯދާ