| މަޤާމު: | ޕްރޮކިއުމަންޓް  އޮފިސަރ | ބޭނުންވާ އަދަދު: | 01 | 
| ސެކްޝަން: | އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް | މަޤާމުގެ ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ (FINANCE 1) | 
| އަސާސީ މުސާރަ: | -/6،950 ރ. | ސާވިސް އެލަވަންސް: | -/2،500 ރ. | 
| ނޮންޕްރެކްޓިސިން އެލަވަންސް: | -/3،127.50 ރ. | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ | 
| ފެންވަރު ނުވަތަ ޝަރުޠު: | 
އޭ.ސީ.ސީ.އޭ ފަންޑަމެންޓަލް މޮޑިއުލްތައް (ނުވަތަ އެއާ އެއްވަރުގެ ޕްރޮފެޝަނަލް ކޯސްތަކެއް) ފުރިހަމަކޮށްފައިވުމާއެކު، އެކައުންޓިން ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،އެކައުންޓިންގެ ދާއިރާއިން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއެކު އެކައުންޓިން ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،އެކައުންޓިން/ފައިނޭންސްގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮކިއުމަންޓާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 
| މަޤާމުގެ މަސްޢޫލިއްޔަތު: | 
ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ގަަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ޕްރޮކިއުމަންޓް އޮފިސަރގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން.ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް (ބީލަންވެރިންނަށް) ވާދަވެރިކަމާއެކު ބައިވެރިވެވޭނެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުން.ޕްރޮކިޔުމަންޓް ކަންތައްތަކާއި، ޕްރޮކިޔުމަންޓާ ގުޅުންހުރި ކަންތައްތަކާބެހޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުންޕްރޮކިޔުމަންޓާބެހޭ އެންމެހައި މަޢުލޫމާތު ބެލެހެއްޓުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން އެމަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.އޮތޯރިޓީއަށް ބޭނުންވާ މުދާގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތް ކުރުވާނެ ފަރާތްތައް، ގަވާއިދުގައިވާ ގޮތުގެމަތިން ހޯދުމާއި، ޕްރޮކިޔުމަންޓާބެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ހިންގުމާއި، ބެލެހެއްޓުން.ބީލަމަށް ހުށަހަޅާ ޕްރޮކިޔުމަންޓްގެ ކަންތައްތަކާގުޅިގެން، ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތައްޔާރުކުރުމާއި، ޝާއިޢު ކުރުމާއި، އިވެލުއޭޝަނާއި، ކޮމިޓީ މަރުހަލާގެ ނިންމުންތައް ނިމުމުން.ޕްރޮކިޔުމަންޓަކާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ގޮތުގެ މަތިން އެކަންތައްތައް ހިންގާ ބެލެހެއްޓުން. | 
| ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: | 
މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.ޕްރޮކިއުމަންޓް އާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރެވޭ ފަރާތަކަށްވުން.ދަޢުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިވެފައިވުން. | 
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން | 14 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 1600 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް | 
| ހުށަހަޅަންޖެހޭ ލިޔުން | 
ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރުލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު) | 
| އިންޓަރވިއު ކުރުން: | އަދި އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. |