ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް، ދިވެހިރުފިޔާގެ ނޫޓު ލުމަށް ފޯލްޑަރ ފައިލް، ލޫސް ލީފް ޕޮކެޓް އަދި އަލްބަމް ޕްރިންޓްކޮށްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ވާ ތާވަލްއާ އެއްގޮތަށް މިއޮތޯރިޓީއަށް ހާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | 04 ފެބުރުވަރީ 2024 | އާދީއްތަ | 11:00 | 
| އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި | 06 ފެބުރުވަރީ 2024 | އަންގާރަ | 11:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 11 ފެބުރުވަރީ 2024 | އާދީއްތަ | 11:00 | 
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހުގެ 11:00 އަށް އޮތޯރިޓިއަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި ބީލަމުގެ އާރްއެފްޕީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.
 
                    