|
އިޢުލާނު
|
|
މަޤާމު:
|
ސްކޫލު އެޑްމިނިސްޓްރޭޓަރ
|
|
މަޤާމުގެ ނަންބަރު:
|
J-396451
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
MS3
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކިނޮޅަހު ސްކޫލު، ރ.ކިނޮޅަސް
|
|
މުސާރަ:
|
7035.00 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
2500.00 ރުފިޔާ
|
|
އެހެނިހެން އެލެވެންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލެވެންސްގެ ގޮތުގައި މުސާރައިގެ 35%
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސަޕޯޓިންގ ކޯ އެލެވެންސް ގޮތުގައި މަހަކު 900.00 ރުފިޔާ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
- އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުން.
- ބަޖެޓްގައި ނުހިމެނޭގޮތުން ސްކޫލްގައި އޮންނަ ދަރިވަރުންގެ ފަންޑްގެ ފައިސާއާއި، އެހެނިހެން ފައިސާގެ އެކައުންޓްތަކުގެ މަސައްކަތް މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސެކްސަނުގެ މުވައްޒަފުން ލައްވައި ކުރުވާ ބެލެހެއްޓުން
- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއްއައިޓަމުން އަނެއްއައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.
- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން
- ކުރިޔަށް އޮތް އަހަރުގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
- ބިޑްކޮށްގެން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއް ޕްރިންސިޕަލް އަދި ބިޑް ކޮމެޓީގެ ލަފާގެ މަތިން ކުރުން.
- ސްކޫލްގެ އިމާރާތްތަކާއި ތަކެތީގެ ތަޅުދަނޑި ތަކުގެ ރަޖިސްޓަރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
- ސްކޫލްގެ އިމާރާތްތަކާއި، ހަރުމުދަލަށް ލިބޭ ގެއްލުންތައް ( ބިޑްކޮށްގެން ކުރަންޖެހޭވަރުގެ ) ޕްރިންސިޕަލް އަދި އެސް.އެމް.ޓީއާއި މަޝްވަރާކޮށްގެން މަރާމާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަންކަން ބެލެހެއްޓުން
- ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފައިސާގެ ކަންތައްތައް ( ޕީޓީއޭ ގެ ކޯޑިނޭޓަރ އަދި ޕީޓީއޭ އާ މަޝްވަރާކޮށްގެން ) މާލިއްޔަތުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ކުރިޔަށްދޭތޯ ބައްލަވައި، އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުން
- ދިވެހި ސިވިލް ސާވިރސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.
- ސްކޫލްގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން ސްކޫލްގައި ހިންގޭ އެންމެހައި ޙަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވައި، އެފަދަކަންކަމުގައި އެއްބާރުލުން ދިނުން.
- ޢިމާރާތްތަކާއި ގޯތި ކުނިކަހާ ފޮޅާ ސާފުކުރުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ސެކްސަންގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވާ އެކަން ބެލެހެއްޓުން.
- ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ސެކިއުރިޓީ ބަލަހައްޓަމުންގެންދާގޮތް އޮބްޒާވްކޮށް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުން.
- ސްކޫލްގެ އިމާރާތްތަކާއި ތަކެތި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ސްކޫލުގެ އިދާރީ މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، މަސައްކަތު ފެންވަރު ބަލާފޯމްތައް ސިވިލްސަރވިސް އިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ފުރުމާއި ރިވިއުކުރަމުން ގެންދިއުމާއި، ކޮންމެ އަހަރެއްވެސް ފެށުމުން ސްކޫލުގެ އިދާރީ މުވައްޒަފުންގެ ޗުއްޓީ ތާވަލު އެކުލަވާލުމާއި އިދާރީ މުވައްޒަފުންގެ އިތުރުގަޑީގެ މަސައްކަތްތައް ބެލެހެއްޓުން
- ކަނޑައެޅިފައި އޮންނަ އުޞޫލެއްގެތެރެއިން 24 ގަޑިއިރު ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކަނޑައެޅިފައި އޮންނަ ނިޒާމެއްގެ ތެރެއިން ސްކޫލުގެ ކިޔަވައިދިނުމާއި އެކިއެކި ޙަރަކާތްތަކަށްދަތިނުވާނެހެން ސްކޫލުގެ އޮފީސް ހުޅުވާ ލެއްޕޭނެ އިންތިޒާމު ހަމަޖެއްސުން.
- އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ސްކޫލުގެ އެންމެހައި ޢިމާރާތްތަކާއި، ހަރުމުދަލުގެ ރަޖިސްޓްރީ (އިންވެންޓްރީ) ބެލެހެއްޓުމާއި، މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވާތަކެތި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ނީލަންކިޔާ ނައްތާލުން.
- ކޮށާރު ޕޯޓަލް ، އާނުޕޯޓަލް ، ބަނޑޭރި ޕޯޓަލް، ނީލަން ޕޯޓަލް އަދި ސީއެސް ވިއުގަރ އިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ބިޑްއިވެލުއޭޝަން ކޮމިޓީން ނިންމާ ކަންތައްތައް އެގްރީމެންޓްކޮށް އެމަސައްކަތެއް ހަވާލުކުރުމަށް ކަނޑައަޅާ ފަރާތްތަކަށް ހަވާލުކުރުން.
- ސްކޫލުގެ މުވައްޒަފުންގެ ވަޒީފާއާއިގުޅޭ މަސައްކަތްތައް ސިވިލް ސާވިސް ކޮމިޝަނާއި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުން
- ދަރިވަރުންނާއި މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓުމާއި ސްކޫލުގެ ތަފާސްހިސާބު ޤަވާއިދުން ރެކޯޑުކޮށް ބެލެހެއްޓުމުގައި ޕްރިންސިޕަލް ދެއްވާ އިރުޝާދާ އެއްގޮތައް އަމަލުކުރުން
- ސްކޫލް ހިންގުމަށް ބޭނުންވާ އެސް.އޯ.ޕީތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އުސޫލްތަކާ އެއްގޮތަށް ތައްޔާރުކޮށް އެސް.އޯ.ޕީ ތަކަށް ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުން އަހުލުވެރިކުރުވުވުމުގައި ޕްރިންސިޕަލްއަށް ފުރިހަމައަށް އެއްބާރުލެއްވުން ދިނުން
- ހަވާލުކުރެވިފައިވާ އިދާރީ މުއައްޒަފުންގެ ޒިންމާތައް ބަރާބަރަށް އަދާ ކުރޭތޯބެލުމާއި ރަނގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރުވުން
- އިސްވެދިޔަކަންތައްތަކުގެއިތުރަށްޚާއްޞަގޮތެއްގައިހަވާލުކުރެވޭއާއްމުގޮތެއްގައިދިމާނުވާޒާތުގެބޮޑެތިމަސައްކަތްތަކުގައި،އަދިކުއްލިގޮތެއްގައިހަވާލުކުރެވޭއަވަސްކަންތައްތަކުގައިވެރިންއަންގަވާގޮތުގެމަތިން،ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރ އޮފް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލެ 9 ގެ މާސްޓަރސް ޑިގްރީ
އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
ގުޅޭ ވަޒީފާގެ ދާއިރަތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެކައުންޓިންގ
- އެޑްމިނިސްޓްރޭޝަން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ފައިނޭންސް
- މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
ޕްރިފަރޑް ޑިސިޕްލިން:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
ކޯ ޑިސިޕްލިން: ނެތް
ނޯޓް: ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ. އެފަރާތަކަށް ކްރައިޓީރިއާގައިވާ ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
އަސާސީ ޝަރުޠު ހަމަވުން
|
30%
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5%
|
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް
|
5%
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5%
|
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
15%
|
|
ޕްރެޒެންޓޭޝަން
|
10%
|
|
އިންޓަރވިއު
|
30%
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ފެބްރުއަރީ 2024 ގެ 13:00 ގެ ކުރިން، ކިނޮޅަހު ސްކޫލު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އެސެސްމަންޓް ، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު , އެސެސްމަންޓް އަދި ޕްރެޒެންޓޭޝަން އޮންނާނީ، 13 ފެބްރުއަރީ 2024 އާއި 15 ފެބްރުއަރީ 2024އާ ދެމެދު، ކިނޮޅަހު ސްކޫލު ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580360 އަށެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި
ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް < "ރެކްރޫޓްމެންޓް އުޞޫލު"
(/51Index/Policy/mv.gov.csc.www://https (އިން ލިބެން ހުންނާނެއެވެ.
|