މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫރު މިސްކިތުގެ ސީލިންގ ކުރުމާއިބެހޭ

             މިރަށު ނޫރު މިސްކިތުގެ ހުޅަނގު ފަރާތު މިޙްރާބުގޭ ދެ ފަރާތު އަސްކެނީގެ ސީލިންގުން ހަލާކުވެފައިވާ ބައިގެ ފިލާތަކާއި، ފަތިތައް ނައްޓާ އަލުން ފަތިއަޅާ ފިލާޖެހުމާއި، މިސްކިތުގެ މަތީބައިގެ ހުޅަނގު ފަރާތު އަސްކެނިން ފިލާ ނެއްޓިފައިވާ ތަނުގައި ފިލާ ޖެހުމާއި، މިސްކިތުގެ އުތުރުފަރާތައް އިތުރުކޮށްފައިވާ ބައިގެ ސީލިންގ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއްޖެއެވެ.

 

            ވުމާއިއެކު، މިއިޢުލާނާއިއެކު ޢާއްމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިލއްތަ ތަކެތީގައި  މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 31 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއިން ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ ފޯމް " ފުރިހަމަ ކުރުމަށްފަހު  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއެކު މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމް ޢާއްމުކުރީމެވެ.

 

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ޖަނަވަރީ 2024
ހޯދާ