ދިވެހިރާއްޖެ
1436 ވަނައަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބުނު ފަރާތްތަކުން ފޯރުކޮށްދޭން އެއްބަސްވި ޚިދުމަތްތައް
ތިރީގައި ބަޔާންކޮށްފައި މިވަނީ 1436 ވަނައަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހޮވުނު ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯޒަލުގައި އެ ކުންފުނިތަކުން ޙައްޖަށް ގެންދާ ފަރާތްތަކަށް ދިނުމަށް އެއްބަސްވެފައިވާ ޚިދުމަތުގެ ތަފުސީލެވެ. ތިރީގައި ބަޔާންކޮށްފައިވާ ފެންވަރަށް ޚިދުމަތް މި ކުންފުނިތަކުން ނުދޭނަމަ، އެކަމުގެ ޝަކުވާ ހެތްކާއެކު މިނިސްޓްރީއަށް ހުށަހެޅުމުގެ އިޚުތިޔާރު ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.
| ޚިދުމަތް | މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް | ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް | ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް | 
| ފްލައިޓް | ޗާޓަރުކޮށްފައި، އިކޮނޮމީ، ފަސްޓް، ބިޒިނަސް ކްލާހުގައި، ޑައިރެކްޓް (މެގަ މޯލްޑިވްސް) ކޮންމެ ޙާޖީއަކަށް 25 ކިލޯ ބެގޭޖް އަދި 7 ކިލޯ އަތްދަބަހަށް (އިތުރުވާ ކޮންމެ ކިލޯއަކަށް -/42ރުފިޔާ) | ޗާޓަރުކޮށްފައި، އިކޮނޮމީ ކްލާހުގައި، ޑައިރެކްޓް (ސަޢުދީ އެއަރލައިން) ކޮންމެ ޙާޖީއަކަށް 25 ކިލޯ ބެގޭޖް އަދި 10 ލީޓަރުގެ ޒަމްޒަމްފެން ހަން (އިތުރުވާ ކޮންމެ ކިލޯއަކަށް -/17 ރުފިޔާ) | ނޯމަލް، އިކޮނޮމީ ކްލާހުގައި، ޑައިރެކްޓް (މެގަ މޯލްޑިވްސް) ކޮންމެ ޙާޖީއަކަށް 32 ކިލޯ ބެގޭޖް އަދި 5 ލީޓަރުގެ ޒަމްޒަމްފެން ހަން (އިތުރުވާ ކޮންމެ ކިލޯއަކަށް 123 ރުފިޔާ 36 ލާރި) 7 ކިލޯ އަތްދަބަހަށް، ފޮށީގެ ބަރުދަން 20 ކިލޯ މާލެއިން ޖިއްދާއަށް ކުރާ ދަތުރުގައި އިތުރުވާ އެއްވެސް ކިލޯއަކަށް ފައިސާއެއް ނުނެގޭނެއެވެ. ނަމަވެސް ޖިއްދާއިން މާލެއަށް ކުރާ ދަތުރުގައި އިތުރުވާ ކޮންމެ ކިލޯއަކަށް ފައިސާ ނެގޭނެއެވެ. | 
| ހޮޓާ (މައްކާ) | 
 
 | 
 
 | 
 
 | 
| ހޮޓާ (މަދީނާ) | 
 
 | 
 
 | 
 
 | 
| ކެއިން ބުއިމުގެ އިންތިޒާމު | ފުލް ބޯޑު ހޮޓަލުގެ ހުރިހާ ފަންގިފިލާއެއްގައި ފެންއަޅާފައިވާ ކޫލަރު ބެހެއްޓިފައި ހުންނާނެ އިތުރު އަގަކާ ނުލައި އެޓޭޗްކުރެވިފައިވާ މެނޫގައިވާ ގަޑިތަކުގައި ކެއުމާއި އަދި ބުއިމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ | މިނަރަލް ފެން އަދި މައްކާގައި ޒަމްޒަމް ފެން އިތުރު އަގަކާ ނުލައި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ އިތުރު އަގަކާ ނުލައި އެޓޭޗްކުރެވިފައިވާ މެނޫގައިވާ ގަޑިތަކުގައި ކެއުމާއި އަދި ބުއިމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ހެދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން | ފުލް ބޯޑު ހޮޓަލުގައި ލިބޭނީ ޒަމްޒަމް ފެނާއި މިނަރަލް ވޯޓަރ، ހޫނުކޮށް އަދި ފިނިކޮށް ހުރިހާ ފަންގިފިލާއަކަށް ލިބޭނެ އިތުރު އަގަކާއި ނުލައި އެޓޭޗްކުރެވިފައިވާ މެނޫގައިވާ ގަޑިތަކުގައި ކެއުމާއި އަދި ބުއިމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކެއުންހަމަޖައްސާފައިވާނީ ބުފޭ ސިސްޓަމަށެވެ. 
 | 
| ތާރީޚީ ތަންތަން ބެލުމުގެ އިންތިޒާމު | އިތުރު އަގަކާ ނުލައި މައްކާ އަދި މަދީނާގައި ތިރީގައިވާ ތަންތަނަށް މި ކުންފުންޏާއެކު ދާ ހުރިހާ ޙާޖީން ގެންދެވޭނެއެވެ. މައްކާ: 
 މަދީނާ: 
 | އިތުރު އަގަކާ ނުލައި މައްކާ އަދި މަދީނާގައި ތިރީގައިވާ ތަންތަނަށް މި ކުންފުންޏާއެކު ދާ ހުރިހާ ޙާޖީން ގެންދެވޭނެއެވެ. މައްކާ: 
 މަދީނާ: 
 | އިތުރު އަގަކާ ނުލައި މައްކާ އަދި މަދީނާގައި ތިރީގައިވާ ތަންތަނަށް މި ކުންފުންޏާ އެކު ދާ ހުރިހާ ޙާޖީން ގެންދެވޭނެއެވެ. މައްކާ: 
 މަދީނާ: 
 | 
| މިނާ އަދި ޢަރަފާތުގައި | މިނާގައި ލިބޭނީ ސޯފާ ޕެކޭޖް ޢަރަފާތުގައި މޮބައިލް ޓޮއިލެޓު ބެހެއްޓިފައި ހުންނާނެ މިނާގައި 1 ފާޚާނާ ޚާއްޞަކުރާނެ | މިނާގައި ލިބޭނީ ސޯފާ ޕެކޭޖް ޢަރަފާތުގައި 2 މޮބައިލް ޓޮއިލެޓު ބެހެއްޓިފައި ހުންނާނެ މިނާގައި 2 ފާޚާނާ ޚާއްޞަކުރާނެ | މިނާ ގައި ލިބޭނީ ސޯފާ ޕެކޭޖް ޢަރަފާތުގައި 1 މޮބައިލް ޓޮއިލެޓު ބެހެއްޓިފައި ހުންނާނެ މިނާގައި 1 ފާޚާނާ ޚާއްޞަކުރާނެ | 
| އެހީތެރިންގެ އަދަދު | 14 އެހީތެރިން (ޑޮކްޓަރަކު ނުވަތަ ހެލްތު ވޯކަރެއް، ނަރުހެއް، 2 ކައްކާމީހުން، 2 ކައްކާ މީހުންގެ އެހީތެރިޔާ، ދީނީ މުރުޝިދެއް، 7 އިދާރީ ހިންގާ ފަރާތް) ނުވަތަ ކޯޓާގެ އެހެންވީމާ އާންމު ކޯޓާގެ އަދަދަކީ 120 | ކޮންމެ 10 މީހަކަށް 1 އެހީތެރިއެއް ހަމަޖައްސާފައި ވާނެ (13 އެހީތެރިން) އެހެންވީމާ ޢާންމު ކޯޓާގެ އަދަދަކީ 121 | 13 އެހީތެރިން (ޑޮކްޓަރެއް ނުވަތަ ހެލްތު ވޯކަރެއް، ނަރުހެއް، 6 ކައްކާ މީހުންނާއި ކާންދޭ މީހުން، 2 ދީނީ މުރުޝިދުން، 3 އިދާރީ ސްޓާފުން) ގިނަވެގެން ، ކޮންމެ 10 މީހަކަށް 1 އެހީތެރިއެއް، އެހެންވީމާ އާންމު ކޯޓާގެ އަދަދަކީ 121 | 
| ދީނީ އިރުޝާދު | ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދީނީ އިރުޝާދު ފޯރުކޮށްދޭނެއެވެ. ހ. ރާއްޖޭގައި ޙައްޖު އަޅުކަން އަދާކުރާ މަޢުލޫމާތު ދިނުން ސެޝަންގެ އަދަދު: 3 ސެޝަން ދުވަހުގެ އަދަދު: 03 ދުވަސް ހާޒިރުނުވާ މީހުންނަށް ހަމަޖެހިފައިވާ އިންތިޒާމު: ސެޝަންތަކުގައި ދެވިފައިވާ މަޢުލޫމާތު ހިމެނޭ ލުއިފޮތާއި ސީޑީ ހިލޭ ހަވާލުކުރެވޭނެ މަޢުލޫމާތު ދޭގޮތް: ލެކްޗަރ، ލެކްޗަރެއް ސުވާލާއި ޖަވާބާއެކު، މަލްޓިމީޑިއާ ޕްރެޒެންޓޭޝަނެއް، މަލްޓިމީޑިއާ އިންޓަރެކްޓިވް ތިއަރީ އަދި ޕްރެކްޓިސް ވަރކްޝޮޕް ސްޓައިލަށް ޢިބާދާތު ކޭމްޕެއް ޕްރެޝަރ މެނޭޖްމަންޓް ކައުންސިލިންގގެ 2 ސެޝަން، ސްޓްރެސް މެނޭޖްމަންޓުގެ 2 ސެޝަން، ބޭސިކް ކޮމިޔުނިކޭޝަނަލް ސްކިލް ޑިވެލޮޕްމެންޓުގެ 1 ދުވަހަށް ރާވައިގެން ކޯހެއް ހިންގުމަށާއި އަދި ބޭސިކް އިނގިރޭސި އަދި ބޭސިކް ޢަރަބިކް ކޯހެއް ހިންގުމަށް ހަމަޖެހިފައިވެއެވެ ދަތުރާ ބެހޭ މުހިންމު މަޢުލޫމާތު ދިނުމަށް 2 ސެޝަން ރާވާފައިވެއެވެ މައްކާގައި ހޮޓަލުގައި ކޮންމެ ދުވަހަކު ދަރުސް ދެވޭނެއެވެ މިނާގައި ކޮންމެ ނަމާދަކަށްފަހު ދަރުސް ދެވޭނެއެވެ ޢަރަފާތުގައި މެންދުރުފަހު ދަރުސް ދެވޭނެއެވެ | ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދީނީ އިރުޝާދު ފޯރުކޮށްދޭނެއެވެ. ހ. ރާއްޖޭގައި ޙައްޖު އަޅުކަން އަދާކުރާ މަޢުލޫމާތު ދިނުން ސެޝަންގެ އަދަދު: 5 ސެޝަން ދުވަހުގެ އަދަދު: 05 ދުވަސް ހާޒިރުނުވާ މީހުންނަށް ހަމަޖެހިފައިވާ އިންތިޒާމު: ސެޝަންތަކުގައި ދެވިފައިވާ ލެކްޗަރުތަކުގެ ކަރުދާސް ހަވާލުކުރެވޭނެއެވެ މަޢުލޫމާތު ދޭގޮތް: ލެކްޗަރ، ޢިބާދާތު ކޭމްޕަކާއި އަދި ލެކްޗަރެއް ސުވާލާއި ޖަވާބާއެކު، މަލްޓިމީޑިއާ ޕްރެޒެންޓޭޝަނެއް، މަލްޓިމީޑިއާ އިންޓަރެކްޓިވް ތިއަރީ އަދި ޕްރެކްޓިސް ވަރކްޝޮޕް ސްޓައިލަށް ޕްރެޝަރ މެނޭޖްމަންޓް ކައުންސިލިންގގެ 1 ސެޝަން، ސްޓްރެސް މެނޭޖްމަންޓުގެ 1 ސެޝަން، ބޭސިކް ކޮމިޔުނިކޭޝަނަލް ސްކިލް ޑިވެލޮޕްމެންޓުގެ 1 ދުވަހަށް ރާވައިގެން ކޯހެއް ހިންގުމަށާއި އަދި ބޭސިކް އިނގިރޭސި އަދި ބޭސިކް ޢަރަބިކް ކޯހެއް ހިންގުމަށް ހަމަޖެހިފައިވެއެވެ ދަތުރާ ބެހޭ މުހިންމު މަޢުލޫމާތު ދިނުމަށް 1 ސެޝަން ޖަލްސާގެ ސިފައިގައި ރާވާފައިވެއެވެ ޞިއްޙީ މަޢުލޫމާތާއި، ސޭފްޓީ މެނޭޖްމަންޓު މަޢުލޫމާތު ދެވޭނެއެވެ މައްކާގައި ހޮޓަލުގައި ކޮންމެ ދުވަހަކު ދަރުސް ދެވޭނެއެވެ މިނާގައި ކޮންމެ ނަމާދަކަށްފަހު ދަރުސް ދެވޭނެއެވެ ޢަރަފާތުގައި މެންދުރުފަހު ދަރުސް ދެވޭނެއެވެ. | ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދީނީ އިރުޝާދު ފޯރުކޮށްދޭނެއެވެ. ހ. ރާއްޖޭގައި ޙައްޖު އަޅުކަން އަދާކުރާ މަޢުލޫމާތު ދިނުން ސެޝަން ގެ އަދަދު: 28 ސެޝަން ދުވަހުގެ އަދަދު: 28 ދުވަސް ހާޒިރުނުވާމީހުންނަށް ހަމަޖެހިފައިވާ އިންތިޒާމު: ޕޯސްޓަރ، އީމެއިލް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސެޝަންތަކުގައި ދެވިފައިވާ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވ މަޢުލޫމާތު ދޭގޮތް: ލެކްޗަރ، ލެކްޗަރެއް ސުވާލާއި ޖަވާބާއި އެކު، މަލްޓިމީޑިޔާ ޕްރެޒެންޓޭޝަނެއް، މަލްޓިމީޑިއާ އިންޓަރެކްޓިވް ތިއަރީ އަދި ޕްރެކްޓިސް ވޯރކްޝޮޕް ސްޓައިލަށް ޕްރެޝަރ މެނޭޖްމަންޓް، ޢިބާދާތު ކޭމްޕެއް، ހަފްތާއަކު އެއްފަހަރު ކައުންސިލިންގ ގެ ސެޝަނެއް ކުންފުނީގެ އޮފީހުގައި އޮންނާނެ. ހަފްތާއަކު އެއްފަހަރު ސްޓްރެސް މެނޭޖްމަންޓުގެ ސެޝަން، ބޭސިކް ކޮމިޔުނިކޭޝަނަލް ސްކިލް ޑިވެލޮޕްމެންޓުގެ 1 ދުވަހަށް ރާވައިގެން ކޯހެއް ހިންގުމަށާއި އަދި ބޭސިކް އިގިރޭސި އަދި ބޭސިކް ޢަރަބިކް ކޯހެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. ދަތުރަށް ފުރުމުގެ 4 ދުވަސްވަރު ކުރިން ދަތުރާއި ބެހޭ މަޢުލޫމާތު ދެވޭ ޚާއްޞަ ބައްދަލުވުމެއް ބޭއްވޭނެއެވެ. މައްކާގައި ހޮޓަލުގައި ކޮންމެ ދުވަހަކު ދަރުސްދެވޭނެއެވެ މިނާގައި ކޮންމެ ނަމާދަކަށްފަހު ދަރުސްދެވޭނެއެވެ ޢަރަފާތުގައި މެންދުރުފަހު ދަރުސްދެވޭނެއެވެ. | 
| ރާއްޖެއިން ފުރުމުގެ ކުރިން އިތުރު އަގަކާ ނުލައި ދޭ ތަކެތި | ހުރިހާ އެއްޗެއް ދޭ 
 | ހުރިހާ އެއްޗެއް ދޭ 
 | ހުރިހާ އެއްޗެއް ދޭ 
 | 
| ރާއްޖެއިން ފުރުމުގެ ކުރިން އިތުރު އަގަކާނުލައި ދޭ ޚިދުމަތްތައް | ޓްރެއިނިންގ އަދި ފޮށިތަންމަތި މާލެއިން ހުޅުލެއަށް ގެންގޮސްދިނުން | ޓްރެއިނިންގ އަދި ފޮށިތަންމަތި މާލެއިން ހުޅުލެއަށް ގެންގޮސްދިނުން | ޓްރެއިނިންގ އަދި ފޮށިތަންމަތި މާލެއިން ހުޅުލެއަށް ގެންގޮސްދިނުން | 
| ރާއްޖެއިން ފުރުމަށްފަހު ޙާޖީންނަށް އިތުރު އަގަކާނުލައި ދެވޭނެ ތަކެއްޗާއި ޚިދުމަތްތައް | 
 | 
 | 
 | 
| ދަތުރުގެ މުއްދަތު | 20 ޛުލްޤަޢިދާ އިން 20 ޛުލްޙިއްޖާ އަށް 27 ދުވަސް މައްކާގައި 03 ދުވަސް މަދީނާގައި (ޙައްޖުގެ ކުރިން)  | 17،18،19،20 ޛުލްޤަޢިދާ އިން ޛުލްޙިއްޖާ އަށް F21،20،19،18،17 މައްކާ 25 ދުވަސް މަދީނާ 5 ދުވަސް (ޙައްޖުގެ ކުރިން) | 01 ސެޕްޓެމްބަރު އިން 30 ސެޕްޓެމްބަރ މައްކާ-27 ދުވަސް މަދީނާ- 3 ދުވަސް (ޙައްޖުގެ ކުރިން) | 
| އިތުރު ކަމެއް | _ | މައްކާ އަދި މަދީނާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ވަކި ކޮޓަރިއެއް ޤާއިމުކޮށް، ޚާއްޞަކޮށްފައިވާ ވަކި ގަނޑިތަކެއްގައި ޑޮކްޓަރު ބައްލަވާނެއެވެ. އެއީ ހެނދުނު 9:00 އިން 10:30 އަދި މެންދުރުފަހު، 4:30 އިން 5:30 އަށެވެ. އަދި އިމަރޖެންސީއެއް ދިމާވެއްޖެނަމަ ކޮންމެ ވަގުތަކުވެސް ޑަކްޓަރުގެ ޚިދުމަތް ލިބޭނެއެވެ. މިނާ އަދި ޢަރަފާތުގައި އެކަމަށް ޚާއްޞަކުރެވިފައިވާ ފޭލިގެއެއްގައި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ. މަޢުލޫމާތު ދެއްވުމަށްޓަކައި އަންހެން ކަނބަލުންނަށް ޚާއްޞަ ބޭކަނބަލެއް އަދި ފިރިހެން ބޭކަލުންނަށް ޚާއްޞަ ޢަރަބި ދަންނަ މީހުން ތިއްބަވާނެއެވެ. އަދި ޞިއްޙީ މަޢުލޫމާތު ދެއްވުމަށް ޚާއްޞަ ޑޮކްޓަރަކާއި ނަރުހެއް ހުންނަވާނެއެވެ | 
 | 
| އަގު | 69,969.00 ޕެކޭޖުގައި ނުހިމެނޭ ގޮތަށް ކޮޓަރިއެއް ނެގުމަށް ރިކުއެސްޓު ކުރާނަމަ ޕެކޭޖުގެ އަގަކީ: 100,809.00 | 69,969.00 ޕެކޭޖުގައި ނުހިމެނޭ ގޮތަށް ކޮޓަރިއެއް ނެގުމަށް ރިކުއެސްޓު ކުރާނަމަ ޕެކޭޖުގެ އަގަކީ: 99,769.00 | 69,969.00 ޕެކޭޖުގައި ނުހިމެނޭ ގޮތަށް ކޮޓަރިއެއް ނެގުމަށް ރިކުއެސްޓު ކުރާނަމަ ޕެކޭޖުގެ އަގަކީ: 101,657.34 | 
 
                    