މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޑޮމްޕި ބޭސް އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމާބެހޭ
                                އެމް.އެމް.ސީ ހެލްތު ކެއަރ ލިމިޓެޑް، ޗެންނާއީ (އިންޑިޔާ) އިން އުފައްދާ ޑޮމްޕި ސަސްޕެޝަން (Dompi Suspension) ގެ ބެޗް ނަންބަރު :NEA-003 ގެ ބޭސްފުޅީގެ ލޭބަލްގައި ބޭހުގެ ބާރުމިން (ސްޓްރެންތް) އަކީ 1mg/5ml ކަމަށް ލިޔެފައިވީނަމަވެސް އެއާ ތަފާތުކޮށް ބޭސްލާފައިވާ ފޮށީގައި ލިޔެފައިވަނީ ބޭހުގެ ބާރުމިން (ސްޓްރެންތް) އަކީ 1mg/1ml ކަމަށެވެ.
ވީމާ, މިބޭހުގެ އަސްލު ބާރުމިން (ސްޓްރެންތް) ޔަގީންނުވާތީ މިކަންތައް ބަލައި، ކަށަވަރު ކުރެވެންދެން މިބޭސް އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލުމަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014316 އިން ލިބިވަޑައިގަންނަވާނެއެވެ.
11 ޖުމާދަލްއާޚިރާ 1436
             25 މާރިޗު 2015
            
        
                    ހޯދާ  
                
                 
                    