ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
1445 ވަނަ އަހަރު ރަމަޟާންމަހު ކޮޅުމަޑުލު ހިރިލަންދޫ ''މަސްޖިދުއްލުބާބި'' މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދުކޮށްދޭނެ ޕާކިސްތާނު ޙާފިޡަކު ހޯދުމާބެހޭ
                                1445 ވަނަ އަހަރު ރަމަޟާންމަހު ހިރިލަންދޫ މަސްޖިދުއްލުބާބި މިސްކިތުގައި ޙިފްޡްކޮށް ތަރާވީޙް ނަމާދާއި ފަހު ދިހައިގައި ދަމު ނަމާދުކޮށްދޭނެ ޕާކިސްތާނު ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ.
ޙާފިޡު ގެންނަ ފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.
- ދެކޮޅު ޓިކެޓްގެ ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމުގެ ޚަރަދު)
 - ޙާފިޘް ރަށާ ހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު އަދި މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު
 - ޙާފިޡުގެ މުސާރަ / އެލަވަންސް
 - ވިސާ އަދި އިންޝުއަރެންސް ދެއްކުން އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ކައުންސިލްގެ އެއްބާރުލުމާއެކު ފުރިހަމަކުރުން
 - ޙާފިޡު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދީ އިންޓަނެޓް ޕެކޭޖު އަޅާދިނުން
 
ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހިރިލަންދޫ ކައުންސިލްގެ އިދާރާއަށް ކޯޓޭޝަން / ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ. މިއިޢުލާނުގައިވާ މަސައްކަތް އެވޯޑުކުރުމުގައި، ގެނައުމަށް ހުށަހަޅާ ޙާފިޡުގެ ކިޔެވުމާއި ހުށަހަޅާ އަގަށް ބެލޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9990898 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
             23 ޖަނަވަރީ 2024
            
        
                    ހޯދާ  
                
                