| މަޤާމު: |  ހެޑް އޮފް ސިވިކް އެފެއާރޒް ކަމް ލީގަލް ކައުންސެލް | 
| ބޭނުންވާ އަދަދު: |  01 (އެކެއް) | 
| މުސާރައާއި އިނާޔަތްތައް |  27,600 - 21,815   ރުފިޔާއާ ދެމެދު | 
| ފެންވަރުނުވަތަ ޝަރުތު: | 
ޤާނޫނު ނުވަތަ ޤާނޫނާއި ޝަރުޢީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން.ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން. އަދި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން. | 
| މަސްއޫލިއްޔަތު: | 
ކުންފުނީގެ ޚިދުމަތްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ޕްލޭންކުރުމާއި އެކު ރާވާ ހިންގުން.ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކާއި ގުޅޭ ތަފާތު މީޑިއާ ޕްރޮގްރާމް ރާވާ ހިންގުން.ޕްރޮގްރާމްތައް ރާވާ ހިންގުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ހުށަހެޅުން.ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ކާމިޔާބީ ބެލުމަށް ރިޕޯޓް ތައްޔާރުކުރުމާއި ، ބޭނުންވާ ދިރާސާތައް ކުރުމާއި، ތަފާސް ހިސާބު ބަލަހައްޓާ ތަހުލީލުކޮށް ރިޕޯޓް ތައްޔާރުކުރުން.ކުންފުނީގެ ބިޒްނަސް ޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ރާވާ ހިންގުން.ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަޢާރަފްކޮށްފައިވާ ސްކީމްތައް ޕްރޮމޯޓް ކުރުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.   
ކުންފުނީގެ އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި އެކަމާ ގުޅޭ މަސައްކަތް ކުރުން.ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި މި ކުންފުންޏާއި ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރު ކުރުމާ އެކަމާ ގުޅޭ އެންމެހާ މުޢާމަލާތްތައް ކުރުން.ކޯޓުތަކުގައި ކުންފުނި ތަމްސީލުކުރުމާއި، ކޯޓުތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރު ކުރުމާއި، ކުންފުންޏާއި ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގައި ކުންފުންޏަށް ޤާނޫނީ ގޮތުން އެހީތެރިވެދިނުން.ކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެފަރާތުން ވެވޭ އެއްބަސްވުން ތައްޔާރުކުރުން.ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކުންފުނީގެ ޤަވާއިދުތައް ތައްޔާރު ކުރުމާއި އިސްލާޙްކުރުން. | 
| މަސައްކަތުގެ ވަގުތު: |  މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)  (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް) | 
| ހުށައަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއަދާކުރައްވާފައިވާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ | 
| ސުން ގަޑި: | ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ. |