| މަޤާމު: |  ހެޑް އޮފް ބިއުރޯ | 
| ބޭނުންވާ އަދަދު: |  01 (އެކެއް) | 
| މުސާރައާއި އިނާޔަތްތައް |  26,009   ރުފިޔާ | 
| ފެންވަރުނުވަތަ ޝަރުތު: | 
ބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން ނުވަތަބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7/8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން. | 
| މަސްއޫލިއްޔަތު: | 
ބިއުރޯގެ އިދާރީ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި އެކު މެނޭޖިންގ ޑިރެކްޓަރގެ މީޓިންގތައް ޝެޑިއުލް ކޮށް އިންތިޒާމް ކުރުމާއި މީޓިންގ ރެކޯޑްތައް ބެލެހެއްޓުމުގެ އެންމެހާ ކަންކަން މެނޭޖްކުރުން.ބިއުރޯގެ ފަރާތުން ބާއްވާ މީޓިންގތަކުގެ ޔައުމިއްޔާ ބެލެހެއްޓައި މެނޭޖް ކުރުން.އިސްމެނޭޖްމަންޓުން އަންގަވާ އެހެނިހެން ރަސްމީ މުއާމަލާތްތައް ކުރުން.މެނޭޖިންގ ޑިރެކްޓަރަށް އަންގަވާ ގޮތެއްގެ މަތިން އިދާރީ އިންތިޒާމްތައް ހަމަޖައްސައިދިނުމާއި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.·         މެނޭޖިންގ ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއިއެކު، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.   | 
| މަސައްކަތުގެ ވަގުތު: | މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް) | 
| ހުށައަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއަދާކުރައްވާފައިވާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ | 
| ސުން ގަޑި: | ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ. |