| މަޤާމު: |  މެނޭޖާރ އިސްލާމިކް ފައިނޭންސް | 
| ބޭނުންވާ އަދަދު: |  01 (އެކެއް) | 
| މުސާރައާއި އިނާޔަތްތައް |  26,009   ރުފިޔާ | 
| ފެންވަރުނުވަތަ ޝަރުތު: | 
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން ނުވަތައިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7/8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން. | 
| މަސްއޫލިއްޔަތު: | 
ކުންފުނިން ކުރާ މާލީ މުޢާމަލާތްތައް ކުރިއަށް ގެންދެވެނީ، އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތިގެ މަތިން، ކުންފުނީގެ ޤަވާއިދާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މާލިއްޔަތު ޤާނޫނުގެ ހަމަތަކާ އެއްގޮތަށްކަން ބެލެހެއްޓުން.ކުންފުނިން ދެވޭ ޚިދުމަތްތަކާއި ، އަލަށް ތަޢާރަފްކުރާ ޚިދުމަތްތައް އިސްލާމިކް ފައިނޭންސް އުސޫލުން ކުރުމަށް މަގުފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުން.ކުންފުނީގެ ފަރާތުން އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި އެކަންކަމަށް ބޭނުންވާ ޕްރޮޕޯޒަލް އިސްލާމިކް ފައިނޭންސްގެ ހަމަތަކާއި އުސޫލުތަކުގެތެރެއިން ތައްޔާރުކުރުމާއި އިންވެސްޓްމަންޓް އެސެސްމަންޓް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.އިސްލާމިކް ފައިނޭންސް އެކްސްޕާޓެއްގެ ލަފާ ބޭނުންވެދާނެ އެންމެހައި ކަންކަމުގައި ލަފާދިނުމާއި އެކަމާ ގުޅޭ މަސައްކަތް ކުރުން.ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއިއެކު، ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. | 
| މަސައްކަތުގެ ވަގުތު: |  މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)  (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް) | 
| ހުށައަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއަދާކުރައްވާފައިވާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ | 
| ސުން ގަޑި: | ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ. |