އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އިލެކްޝަންސް ކޮމިޝަނުގެ 3 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AB/38/2024/49 :ނަންބަރު

އިޢުލާން

އިލެކްޝަންސް ކޮމިޝަނުގެ 3 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، އިލެކްޝަންސް ކޮމިޝަނުގެ 3 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 31 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

21 ޖަނަވަރީ 2024
ހޯދާ