| މަޤާމު: | އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ  | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| ސެކްޝަން: | ކޯޕަރޭޓް އެފެއާޒް | 
| މަޤާމު އޮތް އޮފީސް: | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ | 
| ވަޒީފާ އަދާ ކުރަންޖެހޭ ތަން/ރަށް: | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ | 
| ޝަރުޠު: | 
ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ލިބިފައިވުން. ނުވަތަ، 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު އަދި ޕްރެކްޓިކަލްގައި ސާބިތުކޮށްދިނުން.ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްސަކޮށް އެކްސެލްއާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)މެއިންޓެނަންސް މަސައްކަތަށް ޝައުޤުވެރިކަން ހުރުން. | 
| ކުރަންޖެހޭ މަސައްކަތް:  | 
ނޭޝަނަލް މިއުޒިއަމްގެ އިމާރާތުގެ މެއިންޓެނަންސްގެ މަސައްކަތް ދުވަހުން ދުވަހަށް ބެލެހެއްޓުން.ނޭޝަނަލް މިއުޒިއަމްގެ އިމާރާތަށާއި އިމާރާތުގައި ހަރުކޮށްފައިވާ ތަކެއްޗަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ދުވަހުން ދުވަހަށް ބަލައި ލިބޭ ގެއްލުންތައް ރަނގަޅުކުރުމަށް މަސައްކަތްކުރުން.ނެޝަނަލް މިއުޒިއަމްގެ އިމާރާތުގެ ސާފުތާހިރުކަން ބަލަހައްޓައި ސާފުކުރުމާ ޙަވާލުވެފައިވާ ފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒްކުރުން.ނޭޝަނަލް މިއުޒިއަމްގެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ކުރިޔަށްދާގޮތް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ވެރިންގެ މަޝްވަރާގެމަތީން އެކަންކަން ރަނގަޅު ކުރުވުން.އިމާރާތުގެ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމަށް ދިމާވާ މައްސަލަތައް ދެނެގަނެ އިސްވެރިންނާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެމަތީން އެކަމެއް ރަނގަޅުކުރުމަށް މަސައްކަތްކުރުން.މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން ބަލަހައްޓަންޖެހޭ އެހެނިހެން މަސައްކަތްތަކާއި ގުޅޭގޮތުން ހަދާ މަސައްކަތްތަކުގެ އެއްބަސްވުންތައް ބަލަހައްޓައި އެކަމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރެވޭ މަރާމާތުގެ މަސައްކަތް ކުރިޔަށްދާގޮތް ބެލުމާއި އެކުރާ  މަސައްކަތްތަކުގެ ފުރިހަމަ ތަފްސީލު ލިޔުންތައް ތައްޔާރުކުރުން. | 
| މުސާރަ: | މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 84 ރުފިޔާ (ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން) | 
| މަސައްކަތްކުރާ ވަގުތު: | އާންމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ މަސައްކަތު ދުވަސް ދުވަހު 8:00 ން 11:30 އަށް މީގެ އިތުރުން ހަފުތާ ބަންދުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާ ދުވަސް ދުވަހު މަސައްކަތަށް ނިކުންނަން ވާނެއެވެ. | 
| މަސައްކަތް ކުރަންޖެހޭ މުއްދަތު | 2015 މެއި 1 ން 2016 ޑިސެންބަރު 31 އަށް (8 މަސްދުވަސް) | 
| ހުށަހަޅަންޖެހޭ ލިޔުންތައް | 
ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމު ފޮނުވައިދެވޭނެ).އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުން.ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ)ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ) | 
| އިންޓަރވިއު ކުރުމާއި /ޕްރެކްޓިކަލްސް ބޭއްވުން | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | 
| ސްކްރީން ކުރުން | ވަޒީފާށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަނު ކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | 
| ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު | 2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު). | 
| އިތުރު މަޢުލޫމާތު | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3340212 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. |