| ވަޒީފާގެ ފުރުޞަތު | 
| މަޤާމު: |  ހެޑް އޮފް ބިޒްނަސް ޑިވަލޮޕްމަންޓް | 
| ބޭނުންވާ އަދަދު: |  01 (އެކެއް) | 
| މުސާރައާއި އިނާޔަތްތައް |  21,815 - 27,600   ރުފިޔާއާ ދެމެދު | 
| ފެންވަރުނުވަތަ ޝަރުތު: | 
ބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާ ލިބިފައިވުން. ނުވަތަބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7/8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން. | 
| މަސްއޫލިއްޔަތު: | 
ކުންފުނީގެ ސްޓްރެޓެޖިކް ޕޮލިސީ ތަންފީޒު ކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިވެދިނުން.ކުންފުނީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބޭނުންވާނެ ކަންކަން ދިރާސާކުރުމާއި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުން.ކުންފުނީގެ އަހަރީ ރިޕޯޓް އަދި ކުއަރޓަލީ ރިޕޯޓް ޤަވާއިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.ކޮންމެ އަހަރެއްގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމާއި ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކުރަންޖެހޭ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުށަހެޅުން.ކުންފުނިން އެކުލަވާލާ ޚާއްސަ ރިޕޯޓްތަކަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ތަފާސް ހިސާބު ބަލަހައްޓާ ތަހުލީލުކޮށް ރިޕޯޓް ތައްޔާރުކުރުން.ކުންފުނީގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމާއި އެޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ރާވާ ހިންގުން.ކުންފުނީގެ ފަރާތުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި މާރކެޓް ރިސަރޗްތައް ކުރިއަށް ގެންދިއުމާއި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަޢާރަފްކޮށްފައިވާ ސްކީމްތައް ޕްރޮމޯޓް ކުރުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. | 
| މަސައްކަތުގެ ވަގުތު: | މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް) | 
| ހުށައަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއަދާކުރައްވާފައިވާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ | 
| ސުން ގަޑި: | ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ. |