މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ދަފްތަރު އެކުލަވާލުމާއިގުޅޭ

އިޢުލާން

 

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ދަފްތަރު އެކުލަވާލުމާއިގުޅޭ

ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ "ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުޞޫލު " (17 ޖަނަވަރީ 2024) ގެ ދަށުން ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމެވެ. ދަފްތަރުގައި ރަޖިސްޓްރީވުމުގެ ސުންގަޑި އަކީ 31 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 23:59 އެވެ.

https://forms.gle/pbCXfNg9tqqBW5CS9

 

ވިމާ، ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިންކު ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.

 

"ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުޞޫލު " (17 ޖަނަވަރީ 2024) ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

https://health.gov.mv/dv/publications?search=&category=27&department=

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3014407 ،3014408، 3014409 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

17 ޖަނަވަރީ 2024
ހޯދާ