މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރު ރަމަޟާންމަހު ބ. ކިހާދޫ މަސްޖިދުލް ތަޢާވުން ގައި އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުން

 

1445 ވަނަ އަހަރުގެ ރަމަޟާންމަހު ބ. ކިހާދޫ މަސްޖިދުލް ތަޢާވުން ގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ދިވެހި އިމާމަކު ހޯދުމަށް

ކުރެވިފައިވާ ނަންބަރު (IUL)316/316/2023/125 އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ފޯމް ހުށަހަޅާފައި ނުވާތީ މިއިއުލާނު ބާތިލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ. އެހެންކަމުން 1445 ވަނަ އަހަރު ރަމަޟާންމަހު ބ. ކިހާދޫ މަސްޖިދުލް ތަޢާވުން ގައި އިމާމުވެ ތަރާވީޙް ނަމާދު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތަރާވީޙް ނަމާދު ކުރުމަށް އެދި ހުށަހަޅާ ފޯމާއި ފޯމާއެކު ހުށަހެޅުމަށް ބުނެފައިވާ އެންމެހާ ލިޔުންތަކާއިއެކު 2024 ޖެނުއަރީ 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކިހާދޫ ކައުންސިލަށް ނުވަތަ އީމެއިލް ނަމަ [email protected] އަށް ހުށަހެޅުންވުން އެދެމެވެ.

އަދި އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ކުރިމަތިލާ ފަރާތަކީ  އިމާމުކަން ކުރުމުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އަދި

ޤުރުއާނުގެ އިލްމުން ލެވެލް 5  ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތް ދިވެހި ރައްޔިތަކަށް ވާންވާނެއެވެ. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޤުރުއާން ހިތުދަސް  ފަރާތްތަކަށާއި ހުކުރު ކުރުމުގެ ހުއްދަ އޮންނަ ފަރާތަކަށް އިސްކަން ދެވޭނެއެވެ. އަދި ހަމައެހެންމެ ޤުރުޢާން ކިޔެވުމުގައި މީހުންނަށް އަޑުއަހާލަން ފަސޭހަ އަދި ޝައުޤުވެރިވާނެފަދަ ގޮތަކަށް ކިޔަވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މީހަކު އިޙްތިޔާރު ކުރުމުގެ ކުރިން ކައުންސިލްގެ ފަރާތުން ކުރިމަތިލާ ފަރާތްތަކާއި

އިންޓަވިއުއެއް ކޮށް ހުށަހަޅާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އިތުރުން ޤުރުޢާން ކިޔަވާ ރާގާއި ކިޔެވުމުގެ ރީތިކަން ވަޒަން ކުރެވޭނެއެވެ.

މީހަކު ހޮވުމަށް މާރކްސް ދެވޭނެ ބައިތައް:

  • އިމާމުކަމުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތްނަމަ އަދި ޤުރުއާނުގެ އިލްމުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތްނަމަ: 50 މާރކްސް
  • ހުކުރު ކުރުމުގެ ހުއްދަ އޮތްނަމަ: 10 މާރކްސް
  • ޙާފިޛު ކަމުގެ ސެޓްފިކެޓް އޮތްނަމަ: 15 މާރކްސް
  • ޤުރުޢާން ކިޔެވުމުގެ ރީތިކަން: 25 މާރކްސް

ދެވޭނެ އުޖޫރަ: 25000 ރ (ފަންސަވީސް ހާސް ރުފިޔާ)

ނޯޓް: ތަރާވީޙް ނަމާދު ކުރުމަށް ނެގޭ ފަރާތުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިމާމުވެ ދަމު ނަމާދުވެސް ކޮށްދޭން ވާނެއެވެ. އަދި އިމާމުވެ ނަމާދު ކުރުމަށް އަންނަ ފަރާތުގެ ދަތުރު ހަރަދާއި ރަށުގައި ހުރުމާއި ކެއުމުގެ ހަރަދު ކައުންސިލްގެ ފަރާތުން ހަމަޖައްސަވާ ދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

16 ޖަނަވަރީ 2024
ހޯދާ