ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.  | 
|
| 
 މަޤާމު  | 
 ފޯމަން (ދާއިމީ)  | 
| 
 މަޤާމުގެ ރޭންކް  | 
 އެސް. އެސް. 3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން  | 
 ސަޕޯޓް ސްޓާފް ގްރޭޑް 3  | 
| 
 މުސާރައާއި ޢިނާޔަތްތައް  | 
 - މުސާރަ: މަހަކު -/3875 ރުފިޔާ - ސަރވިސް އެލަވަންސް: -/1,000 ރުފިޔާ އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން  | 
 އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ / މާލެ، (އެޑްމިން)  | 
| 
 ބޭނުންވާ އަދަދު  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ޝަރުޠު  | 
 1- މަޤާމަށް ބޭނުންވާާ ތަމްރީނެއް ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 2- މަޤާމުގެ މަސައްކަތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮަށްފައިވުން.  | 
| 
 މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް  | 
 1. މަދަރުސާގެ ގޯތިތެރެއާއި، އިމާރާތާއި، ގޯތިތެރެއާއި އިމާރާތުގައިވާ ތަކެތި ދެނެގަނެ، އެތަންތަނާއި ތަކެތި ބެލެހެއްޓުމުގައި ޒިންމާއުފުލުން. 2. ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން. 3. މަދަރުސާގެ އިމާރާތްތަކުގައިވާ ހަލާކުވާ ތަކެތީގެ ތަފުސީލާއި، އިމާރާތުގެ ތަންތަން މަރާމާތްކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތީގެ ތަފުސީލު ހިސާބު، އެޑްމިނިސްޓްރޭޓަރ ނުވަތަ އެއިރަކު އިދާރީ ސެކްޝަން ބަލަހައްޓަވާ އިސްމުވައްޒަފަކަށް ލިޔުމުން ހުށަހެޅުމާއި، މެއިންޓަނަންސް ކަންތައްތައް ބަލަހައްޓާ މީހާއަށް އަންގައިގެން އެކަން ބެލެހެއްޓުން. 4. މަދަރުސާގެ ކަރަންޓާއި، ބޯފެނާއި، މޯޓަރުތަކާއި، މީޓަރުތަކާއި، ސައުންޑް ސިސްޓަމް، ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން. 5. މަދަރުސާގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، ސަޕޯޓް ސްޓާފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއިި، އޮފީހުގެ ނުރަސްމީ ގަޑިތަކުގައި ސްކޫލުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ސްޕަވައިޒަރުން އެދޭ ކަންކަމުގައި އެހީތެރިވެދީ ބައިވެރިވުން. 6. މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ހަވާލުކުރެވިފައިވާ ފަރާތުން އެކަންކުރާގޮތް ބަލައި، ފާހަގަކުރެވޭ ކަންކަން ނޯޓްކޮށްގެން އެޑްމިނިސްޓްރޭޓަރަށް މަޢުލޫމާތު ދިނުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: - އެއްގަމު އުޅަނދުތައް ދުއްވުމުގެ ލައިންސަންސް އޮތް ފަރާތެއްކަމުގައިވުން. - އޮފީހުގެ ސްޓޮކަށް ގެނެވޭ ތަކެއްޗާއި ސްޓޮކުން އެކިއެކި ފަރާތްތަކަށް ގެންދަންޖެހޭ ތަކެތި އުފުލޭނެ ފަރާތެއް ކަމުގައިވުން.  | 
|
| 
 ހުށަހަޅަންޖެހޭ ތަކެތި: 
  | 
|
| 
 ސުންގަޑި: 
  | 
|
| 
 އިންޓަވިއު: 
  | 
|
| 
 އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 3328072 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  | 
|
| 
 9 ޖުމާދަލްއާޚިރަ 1436  | 
|
