ދިވެހިރާއްޖެ
އިޢުލާން
ރަތަފަންދޫ ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކޮންޓެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުން
ރަތަފަންދޫ ކުނިގޮނޑު 6 މަސް ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައި ދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ ހެދުނު 09:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 14 ޖަނަވަރީ 2024 އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް އެސްޓިމޭޓު ހިއްޕަވައިގެން ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލު:
| 
 
 #  | 
 މާރކްސްދެވޭނެ ކްރައިޓީރިއާ  | 
 މާރކްސް ދެވޭގޮތް  | 
 ތަފްޞީލް  | 
| 
 
 1  | 
 އަގު  | 
 70%  | 
 
 އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ. 
  | 
| 
 2  | 
 ތަޖުރިބާ  | 
 30%  | 
 އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ގިނައިން މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ.  | 
ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް
1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
2- އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ އާއި ފަރުދުންގެ ރަޖިސްޓްރީގެ ކޮޕީ
3- ކޮމްޕެނީގެ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟
2- އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި މިކަމަށް އެކަށީގެންވާ ފަރާތެއްތޯ؟
