ނަންބަރު:FNK/A/IUL/2024/05
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހއ.ތަކަންދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
|
ޑެޕިއުޓީ މެނޭޖަރ
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
އެޗް.އާރް، ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް
|
ޑިޕާޓްމަންޓް:
|
|
ހއ.ތަކަންދޫ ބްރާންޗް
|
މަސައްކަތް ކުރަންޖެހޭތަން:
|
|
5400ރ. (ފަސްހާސް ހަތަރުސަތޭކަ ރުފިޔާ)
|
އަސާސީ މުސާރަ:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ހާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން ނުވަތަ
(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން.
(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އޮފީހަށް ލިބޭ ސިޓީ ފަދަ ތަކެއްޗައް އަޅަންޖެހޭ ފިޔަވަޅު އޮފީސް ހިންގަވަންހުނަ ވެރިއެއްގެ މަޝްވަރާގެ ދަށުން އަޅަމުން ގެންދިއުން.
- އިންޖީނުގެއިން ފޮނުވަންޖެހޭ ހުރިހައި ރިޕޯޓްތަކެއް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އޮފީހުގެ ފަރާތުން ފޮނުވަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ކަމާއިބެހޭ މުވައްޒަފުންލައްވާ ތައްޔާރުކޮށް ފޮނުވަމުން ގެންދިއުން.
- އާންމުން އަދި އެހެނިހެން ފަރާތްތަކުން އިންޖީނުގެއަށް ހުށައަޅާ ތަފާތު މައްސަލަތައް އެވަގުތަކު އޮފީސް ހިންގަވަންހުރި ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
- ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް އޮފީސް ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެމަތީން ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
- އިންޖީނުގެ ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާމަތީން ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
- އިންޖީނުގެއާއި އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިގާނުހިގާ ގޮތް ބެލެހެއްޓުން.
- މުވައްޒަފުންގެ ޚިޔާލުހޯދުމަށް އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، އޮފީސް ހިންގަވަން ހުންނަވާ ވެރިއެއްގެ ލަފާމަތީން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
- އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް، ސިޓީ، މެއިލްއަށް އޮފީސް ހިންގަން ހުންނަ ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
- ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ކަމާއިބެހޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
- އޮފީހުގައި ބޭނުންކުރަމުން ގެންދާ އެންމެހާ އިކުއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިން ކުރަމުން ގެންދޭތޯ ބަލައި ޗެކްކުރުމާއި، އެކަންކަން މުވައްޒަފުން ލައްވާ ކުރުވުން.
- އިދާރީ މުވައްޒަފަކު ޗުއްޓީނަންގަވާފި ނަމަ އެމުވައްފެއްގެ މަސައްކަތް އޮފީހުން އަންގާގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
- އޮފީހުގެ ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި ލިޔެކިއުންތައް ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރަމުން ގެންދިއުމަށް އެހީތެރިވުމާއި، އެކަންކަން ބަލާޗެކު ކުރަމުން ގެންދިއުން.
- ކުރިއަށްއޮންނަ އަހަރަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ބޭނުންވާ ކަންކަން ބަލާ އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް އޮފީސް ހިންގަވަން ހުންނަ ވެރިއެއްގެ ލަފާމަތީން މަސައްކަތްކުރުން.
- ޢާންމުކޮށް އޮފީހުގެ ހުރިހާ މަސައްކަތެއްގައި ، ޙާއްސަކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
- ކަސްޓަމަރ ސާރވިސްގެ މަސައްކަތާއި، ފައިސާގެ މަސައްކަތްތަކާއި، އަދި އިދާރީ އެންމެހައި މަސައްކަތް ތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
- އިންޖީނުގެއިން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހެދުމަށް މުވައްޒަފުންލައްވާ މަސައްކަތް ކުރުމާއި، އަދި އެރިޕޯރޓްތައް ހެދުމަށް ޢަމަލީގޮތުން ބައިވެރިވެ، ރިޕޯރޓްތައް ފޮނުވަންޖެހޭ ތާރީޚަށް ކަމާއިބެހޭ ޑިޕާރޓްމެންޓަކަށް ފޮނުވުމަށް މަސައްކަތް ކުރުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
|
އޮފިސަރ
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
އެޗް.އާރް، ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް
|
ޑިޕާޓްމަންޓް:
|
|
ހއ.ތަކަންދޫ ބްރާންޗް
|
މަސައްކަތް ކުރަންޖެހޭތަން:
|
|
4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)
|
މުސާރައާއި އިނާޔަތްތައް:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ޙާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.
(ބ) ބިލިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، ރީޑިންގ ނެގުމުގެ މަސައްކަތްތައް ކުރެވޭނެ މީހަކު ކަމުގައިވުން.
(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އިންޖީނުގެއަށް އަންނަ ހުރިހާ ލިޔެކިޔުންތަށް އެންޓްރީ ކުރުމާއި ކަމާބެހޭ މުވައްޒަފުންނަށް ޙަވާލް ކުރުމާއި، ދުވަހުން ދުވަހަށް ފައިލްކުރަން ޖެހޭ ޑޮކިޔުމަންޓްތައް ފައިލްކުރުން.
- އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭކަންކަމުގައި އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް ، ސިޓީ ، މެއިލްއަށް ޖަވާބުދާރީވުން.
- ބްރާންޗްގެ ފަރާތުން ބާއްވާ ބައްދަލުވުންތައް ރޭވުމާއި ބައްދަލުވުން ތަކުގެ ޔައުމިއްޔާ ލިޔުން.
- މުވައްޒަފުންނަށް އެގެންޖެހޭ ފެނަކަ ކޯރޕަރޭޝަން ލިމިޓެޑްގެ އެންގުންތަކާއި، ސަރުކާރުގެ ދެންނެވުމާއި، އެފަދަ އާއްމު އެންގުންތައް، ބްރާންޗްގެ ހިންގުމާއި ހަވާލުވެހުންނަވާ ފަރާތުގެ އިރުޝާދުގެ ދަށުން ހުރިހާ މުވައްޒަފުންނަށް އެންގުން.
- ކުރިއަށްއޮންނަ އަހަރަށް އިންޖީނުގެއަށް ބޭނުންވާ ކަންކަން ބަލާ އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް މަސައްކަތްކުރުން.
- ދިމާވާ ބޮޑެތި ކަންކަމުގައި މުވައްޒަފުންގެ ޚިޔާލުހޯދުމާއި، އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
- ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
- ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތިން ކަރަންޓްގެ ޚިދުމަތްދޭ ތަންތަނުގެ މީޓަރ ރީޑިންގ ނެގުން.
- އޮފީހުގެ ބޭނުންތަކުގައި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުންތައް، ކުންފުނީގެ މަޝްވަރާއާއެކު ދުވަހުން ދުވަހަށް ފޮނުވަމުން ގެންދިޔުމާއި އަދި އެފަދަ ލިޔެކިޔުންތަކަށް އެފަރާތްތަކުގެ ޖަވާބު ހޯދުމަށް މަސައްކަތް ކުރުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
|
ޓެކްނީޝަން
|
މަޤާމް:
|
|
03 (ތިނެއް)
|
ބޭނުންވާ އަދަދު:
|
|
ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރ ޕްލާންޓް ޑިއުޓީ
|
ޑިޕާޓްމަންޓް:
|
|
ހއ.ތަކަންދޫ ބްރާންޗް
|
މަސައްކަތް ކުރާތަން:
|
|
4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)
|
މުސާރަ:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ހާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.
(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އިންޖީން ރޫމް ނުވަތަ ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
- ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި، އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް ދިމާވެފައިވާނަމަ، ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
- ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށާއި، އަދި ޝިފްޓް ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
- ޑިއުޓީގައި ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ މަތިން އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތައް ހިންގާ، އިންޖީނުތަކާއި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓުން.
- ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރުން. މިގޮތުން އިންޖީނު ތަކުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން.
- ޑިއުޓީތަކާ ހަވާލުވާ މުވައްޒަފުން ރޫޓިންކޮށް ކުރަންޖެހޭ ތެޔޮބަދަލުކުރުމާ، ތެޔޮ ހަމަކުރުންފަދަ ކަންކަން ނުކުރުމުގެ ސަބަބުން އެ މުވައްޒަފެއްގެ އިޙުމާލުން ޖަނަރޭޓަރސެޓަށް ގެއްލުންތަކެއްވެއްޖެނަމަ އެކަން ކުންފުނިން ބެލުމަށްފަހު އެކަމަކީ އެ މުވައްޒަފެއްގެ އިޙުމާލުން ވެފައިވާ ކަމެއްނަމަ އެ ގެއްލުންތަކަށް އެ މުވައްޒަފަކު ޒިންމާވުން.
- ޑިއުޓީގައި ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
- ކޮންމެ ޝިފްޓް ޑިއުޓީއެއްގައި ހުރިހާ ތެޔޮތާނގީއެއްގެ ސައުންޑިންގ ޗެކްކޮށް ޑީސަލާއި އަޑީތެލުގެ ޚަރަދާއިބާކީގެ ހިސާބުތައް ނިންމުން.
- ޑިއުޓީގައި ތަނަކުން ކަރަންޓް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
- ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކަރަންޓްގެ ޚިދުމަތްދޭ ތަންތަނުގެ މީޓަރ ރީޑިންގ ނެގުން.
- ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކޮންމެމަހެއްގެ ވެސް ކަރަންޓްބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
- ގޭގޭގެ މީޓަރ ރީޑިންގ ނަގަމުންދާއިރު ޤަވާޢިދާ ޚިލާފަށް ކަރަންޓް ބޭނުންކުރާ ފަރާތެއް ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
- އިންޖީނުގޭގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
- އިންޖީނުތައް ހިންގުމަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
- ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ތަނުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
- ޖަނަރޭޓަރ އޯވަރހޯލް ކުރުމާއި، މަރާމާތުކުރުމާއި، ޑައިނަމޯ ސާރވިސް އަދި އިންޖީން ރޫމްގައި ކުރެވޭ އެންމެހައި މެއިންޓެނެންސް މަސައްކަތްތައް ކުރުމުގައި ބްރާންޗުން އަންގވާ ގޮތެއްގެމަތިން އެމަސައްކަތްތައް ޢަމަލީ ގޮތުން ކުރުން.
- މުޅިރަށުން ކަރަންޓް ކެނޑުންފަދަ ޚާއްސަ ޙާލަތްތަކުގައި ބްރާންޗްގެ އިސްވެރިން އަންގަވާ ގަޑިތަކުގައި ޙާޟިރުވެ ޢަމަލީގޮތުން މަސައްކަތްތަކުގައި ބައިވެރިވުން.
- އިންޖީނުގޭގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި އިންޖީނުގޭގެ އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް ކުލައާއިދަވާދުލުމާއި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރުން.
- ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
- ކުންފުނީގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތަށް އެންމެ މަންފާކުރަނިވި ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަޖެހުމައި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
- ކުންފުނީގައި އިސްކޮށް ތިއްބަވާ މުވައްޒަފުން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއިއެކު އެހީތެރިވެ ދިނުން.
- ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
- ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހަދައި ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވުން.
|
މަޤާމުގެ މަސައްކަތްތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހއ.ތަކަންދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
25 ޖުމާދަލްއާޙިރު 1445
07 ޖަނަވަރީ 2024