ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް މޯލްޑިވްސް ޕޭމެންޓް ސިސްޓަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ (ފޭސް-(02 އަށް ބޭނުންވާ އައިޓީ އިންފްރާސްޓްރަކްޗަރ ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ކޮމިޝަން ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ވާ ތާވަލްއާ އެއްގޮތަށް މިއޮތޯރިޓީއަށް ހާޞިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| މައުލޫމާތު ސާފުކުރުން | 10 ޖަނަވަރީ 2024 | ބުދަ | 11:00 | 
| އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި | 16 ޖަނަވަރީ 2024 | އަންގާރަ | 12:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 24 ޖަނަވަރީ 2024 | ބުދަ | 11:00 | 
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހުގެ 11:00 އަށް އޮތޯރިޓިއަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި ބީލަމުގެ އާރްއެފްޕީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.
 
                    