މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޚިދުމަތްތައް މާރކެޓްކުރުމަށް އޭޖެންޓުން ހޯދުމާ ބެހޭ

އިޢުލާން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޚިދުމަތްތައް މާރކެޓްކުރުމަށް އޭޖެންޓުން ހޯދުމާ ބެހޭ

މި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޚިދުމަތްތަކާގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކާއި ރަށެއް ހިމެނޭގޮތަށް މިކުންފުންޏަށް އޭޖެންޓުން ހޯދުމަށް ޢާންމުކޮށް އިޢުލާނު ކުރަމެވެ.

 

އިޢުލާނާ މަޢުލޫމާތު ކަރުދާސް:

މާރކެޓިންގ އެޖެންޓުން ހޯދުމާއި ބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް:

  • އޭޖެންޓް ކަމަށް އެދި ހުށަހަޅާ ފޯމް (މިފޯމް އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަނަވަރު / ޕްރޮފައިލް
  • ތަޢުލީމާއި ތަޖުރިބާ އަންގައިދޭ ލިޔެކިޔުންތަކުގެ ކޮޕީ

އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާ ނުވަތަ ކުރައްވާފައިވާ ނުވަތަ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

 

ސުން ގަޑި:

އެޕްލިކޭޝަން ފޯމު 15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ.

28 ޑިސެންބަރު 2023
ހޯދާ