މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ ފަރާތެއް ކަނޑައެޅުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

ސަރުކާރުގެ ފުރަތަމަ “ހަފްތާ 14"ގެ މަގުޗާޓުގައި ހިމަނާފައިވާ، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ޢައްޔަނު ކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލައި ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައި ދަންނަވާފައިވާ ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.

 (ހ) ދިވެހި ރައްޔިތަކު ކަމުގައިވުން؛

(ށ) މަސްވެރިކަމުގައި މިހާރުވެސް ޙަރަކާތްތެރިވާ ފަރާތަކަށްވުން؛

(ނ) އުމުރުން 18 އަހަރު ވެފައިވުން؛

(ރ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛

ވީމާ، މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލް ކުރުމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ހުށަހެޅުއްވުން އެދެމެވެ.

 ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

  1. ކުރިމަތިލާ ފަރާތަކީ މިވަގުތު މަސްވެރިކަން ކުރާ ފަރާތެއްކަން ބަޔާންކުރާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ ލިޔުމެއް.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލް ކުރުމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، ކައުންސިލްގެ ލިޔުމާ އަދި އައި.ޑީ ކާޑުގެ ކޮޕީ 2024 ޖެނުއަރީ 11 ވަނަ ދުވަހު މެންދުރު 13:30 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ކުރިމަތިލުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

28 ޑިސެންބަރު 2023
ހޯދާ