ނަންބަރު:FNK/A/IUL/2023/207
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހއ.ތަކަންދޫ ބްރާންޗަށް މުވައްޒަފެއް ހޯދުމަށް ކުރިން ކުރެވުނު ކުންފުނީގެ ނަންބަރު FNK/A/IUL/2023/159 (04 ޑިސެމްބަރ 2023) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ ޢިއުލާން ބާޠިލްކޮށް އަލުން ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
|
ސްޓޭޝަން މެނޭޖަރ
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
އެޗް.އާރް، ބިލިންގ ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް
|
ޑިޕާޓްމަންޓް:
|
|
ހއ.ތަކަންދޫ ބްރާންޗް
|
މަސައްކަތް ކުރަންޖެހޭ ތަން:
|
|
ދާއިމީ
|
ވަޒިފާގެ ބާވަތް:
|
|
7600ރ. (ހަތްހާސް ހަސަތޭކަ ރުފިޔާ)
|
އަސާސީ މުސާރަ:
|
|
މުސާރައިގެ %40
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %20
|
ހާޟިރީ އެލަވަންސް:
|
|
މުސާރައިގެ %40
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އިތުބާރު ހުރި ކުންފުންޏެއްގައި މި ފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 09 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން
(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- ބްރާންޗް ހިންގުމަށް ހުންނަ އެންމެ އިސްމީހެއްގެ ހައިސިއްޔަތުން ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކުންފުނީގެ ފަރާތުން އެވަގުތެއްގައި ފޯރުކޮށް ދިނުމަށް ކަނޑައަޅާފައިވާ އެންމެހާޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ކުންފުނީގެ ފަރާތުން އެވަގުތެއްގައި ފޯރުކޮށް ދިނުމަށް ކަނޑައަޅާފައިވާ އެންމެހާ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ހިންގުން.
- ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭގޮތުން ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
- އިންޖީނުގެއާއި އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިނގާނުހިނގާ ގޮތް ބެލެހެއްޓުން.
- މުވައްޒަފުންނާއިބެހޭ ކަންތައްތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ހިންގުމާއި، މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރުބަލާ، ވަޒީފާއާއި އެހެނިހެން ގޮތްގޮތުން ކުރިއެރުން ހޯދައިދިނުން (މީގެ ތެރޭގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭގޮތުން ހޯދަންޖެހޭ ތަކެތި ހޯދައިދިނުން ހިމެނެއެވެ.)
- ޚިދުމަތްތަކާބެހޭ ހުރިހާ ކަމެއްގައި ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތަށް ޢަމަލުކުރުމާއި، ޚިދުމަތްފޯރުކޮށް ދިނުމުގައި ދިމާވާ މައްސަލަތައް ރަނގަޅަށް ބަލާ އެފަދަ ކަންތައްތައް ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ކުންފުނިން ކަނޑައަޅާފައި އޮންނަ ތާރީޚަށް ކުންފުނީގެ ޙިދުމަތް ފޯރުކޮށްދޭ ކަސްޓަމަރުންނަށް ބިލް ހުށައަޅަންވާނެއެވެ. މިގޮތުން ކަރަންޓުގެ ޚިދުމަތް ބިލް ކުރަންވާއިރު ރީޑިންގ ނަގަން ހަމަޖެހިފައި އޮންނަ ތާރީޚަށް ރީޑިންގ ނެގުމަށްފަހު ހަމަޖެހިފައި އޮންނަ ތާރީޚަށް އެންމެހައި ކަސްޓަމަރުންނަށް ބިލްތައް ބަހަންވާނެއެވެ.
- ބިލް ދައްކަވާ ފަރާތްތަކުން ބިލްތަކަށް ފައިސާ ނުދައްކައިފިނަމަ ކުންފުނީގެ ހަމަޖެހިފައި އޮންނަ އުޞޫލުން އެއްވެސް ތަފާތުކުރުމެއްނެތި އެކަސްޓަމަރުންނާ ދޭތެރޭ ފިޔަވަޅު އަޅަންވާނެއެވެ. އަދި މިފިޔަވަޅު އަޅާނީ ބްރާންޗްއެއްގެ ހިންގުމާއި ހަވާލުވެ ހުންނެވި ބޭފުޅެއްގެ ލަފާގެ މަތިންނެވެ.
- ކަސްޓަމަރުންގެ ފަރާތުން ކުންފުންޏަށް ލިބޭ ފައިސާ ހޯދުމުގައި މަސައްކަތް ކުރަންވާނެއެވެ. އަދި ފައިސާ ނުދައްކާ ކަސްޓަމަރުންގެ މަޢުލޫމާތު ބްރާންޗްއެއްގެ ހިންގުމާއި ހަވާލުވެ ހުންނެވި ބޭފުޅެއްގެ އިތުރުން ހެޑްއޮފީހުގެ ފައިނޭސް ޑިޕާޓްމަންޓްއަށް އަންގަންވާނެއެވެ.
- ބްރާންޗުގެ އެންމެހާ މަސައްކަތް ދުވަހުން ދުވަހަށް ރާވާ ހިންގުން.
- ކުންފުނީގެ އެއްވެސް ކަސްޓަމަރަކަށް އެއްވެސް ތަފާތު ކުރުމެއް ނެތި ޙިދްމަތް ފޯރުކޮށް ދެމުން ދިޔުން.
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޤަވާޢިދުގައި އަގުނެގުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ އެންމެހާ ކަންތައްތައް ޤަވާޢިދުން ކުރިޔަށް ގެންދިއުން.
- ޑީސަލް، ލުބްއޮއިލް، ސްޕެއަރޕާރޓްސްއާއި، ލިޔެކިޔުމަށް ބޭނުންވާ ތަކެއްޗާއި، އަދި އެހެނިހެން ތަކެތި ބޭނުންވާ މިންވަރަށްވުރެ އިތުރުނުވާނެގޮތުގެ މަތިން ހޯދައި ސްޓޮކްކޮށް ބަލަހައްޓަމުން ގެންދަނީ ރަނގަޅަށްތޯ ބަލައި، ހޭދަކުރުމުގެ ކަންތައްތައް ޤަވާއިދުން ހިންގުން.
- ކުންފުނީގެ ބްރާންޗް ހިންގުމަށް ހުންނަ އެންމެ އިސްމީހެއްގެހައިސިއްޔަތުންކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި މެދު ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކާއި، މައްސަލަތައް އިންސާފުވެރި ކަމާއެކު ބަލައި ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކުރުން އަދި ވަގުތުން ވަގުތަށް ރަނގަޅު ނުކުރެވޭ ކަންކަން އިޞްލާޙު ކުރުމުގައި ކުންފުނީގެ މެނޭޖްމަންޓާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުން.
- ކުންފުނީގެ ބްރާންޗަށް ލިބޭ އެންމެހާ ފައިސާ ރައްކާތެރިކަމާއެކު ހަމަޖެހިފައިވާ ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައި ދުވަހުން ދުވަހަށް ފައިސާއާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ޗެކްކުރުމާއި، ނުލިބޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.
- ބްރާންޗްގެ ތިޖޫރީ ކޮންމެ ހަފްތާއަކު އެއްފަހަރު، ތިޖޫރީއާއި ހަވާލުވެހުރި މުވައްޒަފުގެ ހާޟިރުގައި ގުނާ ޗެކްކުރުން.
- ކުންފުނީގެ ހެޑްއޮފީހަށް ފޮނުވަންޖެހޭ ރިޕޯޓްތައް އެފޮނުވަންޖެހޭ ތާރީޚްތަކަށް ފޮނުވުން.
- މަރާމާތުގެ ގޮތުންނާއި އަޕްގްރޭޑް ކުރުމުގެ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތައް މުވައްޒަފުންލައްވާ ކުރުވުމާއި، މުވައްޒަފުންނަށް ނުކުރެވޭ ވަރުގެ މަސައްކަތްތައް ކަމާއިބެހޭ ޑިޕާރޓްމެންޓްތަކަށް ހުށަހަޅައިގެން ޤަވާޢިދުން ކުރިއަށް ގެންދިޔުން.
- ޚިދުމަތެއް ނުވަތަ ބޭނުންވާ އެއްޗެއް ހޯދުމުގެ ކުރިން އެކަމަށް ބަޖެޓް ކުރެވިފައިވޭތޯ ބެލުމާއި، ބަޖެޓްގައި ކަނޑައެޅިފައި ނެތްކަމެއް ކޮންމެހެން ކުރަންޖެހިއްޖެނަމަ ކަމާގުޅޭ ޑިޕާޓްމަންޓާއި މަޝްވަރާކޮށްގެން އެކަމެއް ކުރުމަށް މަސައްކަތް ކުރުން.
- އެކިފަރާތްތަކާއިގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް މަސައްކަތް ކުރުމާއި، އެފަދަ ފަރާތްތްކުން އެދޭކަންކަން ހެޑްއޮފީހާއި ގުޅިގެން ކޮށްދިނުމަށް މަސައްކަތް ކުރުން.
- ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތް ރަސްމީގަނޑީގައި ނިންމުމަށް ބާރު އެޅުމާއި މިގޮތުގެމަތީން ނިންމަންޖެހޭ ކަމެއް ނުނިމިއޮތްނަމަ އެކަމެއް ޤަވާޢިދުން އިތުރުގަޑީގައި މުވައްޒަފުން ނެރެގެން ކޮށް ނިންމުން. އަދި މުވައްޒަފުންނާއި، ޙަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމުގައި އެހީތެރިވެ އެއްބާރުލުމާއި، ގުޅިގެން މަސައްކަތްކުރުން.
- މުވައްޒަފުންނަށް އެގެންޖެހޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެންގުންތަކާއި ޤަވާއިދުތައް، ސަރުކާރުގެ ދެންނެވުމާއި، އެފަދަ އާއްމު އެންގުންތައް ހުރިހާ މުވައްޒަފުންނަށް އެންގުން. އަދި މުވައްޒަފުންނަށް އެކަންކަން ފޮތުގައި ލިޔެފައި އެންގުން.
- ކުރިއަށްއޮންނަ އަހަރަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ބޭނުންވާ ކަންކަން ބަލާ އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް ހެޑްއޮފީހުގެ ކަމާގުޅޭ ޑިޕާޓްމަންޓްގެ މަޝްވަރާގެ މަތިން މަސައްކަތްކުރުން.
- ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓްކުރެވިފައިވާ ޙަރަދުތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
- ދިމާވާ ބޮޑެތި ކަންކަމުގައި މުވައްޒަފުންގެ ޚިޔާލުހޯދުމާއި، އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
- ކުންފުނީގެ ހިޔުމަން ރިސޯސަސް ޕޮލިސީ އާއި އަދި ފައިސާ ޚަރަދުކުރުގެ ޤަވާއިދުއާއި އެއްގޮތަށް ޢަމަލުކުރުން.
- ކުންފުނީގެ އެކި ޙިދުމަތް ހޯދާފަރާތްތަކުގެ ތެރޭން ފައިސާ ނުދައްކާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅު ހެޑްއޮފީހުގެ ކަމާގުޅޭ ޑިޕާޓްމަންޓްގެ މަޝްވަރާގެ މަތިން އަޅުއްވަމުން ގެންދިޔުން.
- ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ހެޑްއޮފީހުގެ ކަމާގުޅޭ ޑިޕާޓްމަންޓްގެ މަޝްވަރާގެ މަތިން ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތަށް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
- ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރުން.
- ކުންފުނީގެ ބްރާންޗް ހިންގުމަށް ހުންނަ އެންމެ އިސްމީހެއްގެ ހައިސިއްޔަތުން ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމ ތްތައް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ޢާންމުކޮށް އޮފީހުގެ ހުރިހާ މަސައްކަތެއްގައި ، ޙާއްސަކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
- ހުރިހާ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި، ޑިއުޓީ ރޯސްޓަރ ހެދުމާއި ، މުވައްޒަފުން އެޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަމުން ގެންދޭތޯ ބެލުން.
- ކުންފުނީގެ އެކިއެކި ޑިޕާރޓްމަންޓްތަކުން އަންނަ ލިޔެކިޔުންތައް ( ސިޓީ، ފެކްސް، މެއިލް) އަށް ދުވަހުން ދުވަހަށް ޖަވާބުދިނުން.
- އޮފީހުގައި ބޭނުންކުރަމުން ގެންދާ އެންމެހާ އިކްއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިން ކުރަމުން ގެންދޭތޯ ބަލައި ޗެކް ކުރުން.
- އޮފީހުގެ ބޭނުންތަކުގައި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުންތައް، ހެޑް އޮފީހުގެ މަޝްވަރާއާއެކު ދުވަހުން ދުވަހަށް ފޮނުވަމުން ގެންދިޔުމާއި އަދި އެފަދަ ލިޔެކިޔުންތަކަށް އެފަރާތްތަކުގެ ޖަވާބު ހޯދުމަށް މަސައްކަތް ކުރުން.
- އޮފީހުގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި ލިޔެކިޔުންތައް ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރަމުން ގެންދޭތޯ ބަލާޗެކުކުރުން.
- ކުންފުނި ޝައުގުވެރިވާ ފަދަ އިޢުލާންތައް ގެޒެޓްގައި ޝާޢިޢުކުރެވިފައިވޭތޯ ގަވާއިދުން ބަލާ ޗެކް ކުރުން.
- މަސްޢޫލިޔަތުތައް އިތުރަށް ފުރިހަމަ ކުރުމަށް އަދި ދާއިރާ ތަރައްގީ ކުރުމަށް ދިރާސާ ކޮށް މަޢުލޫމާތު ހޯދުން.
- ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ހެދޭ ޕްލޭންތަކުގައި އަމަލީ ގޮތުންނާއި ފަންނީ ގޮތުން ބައިވެރިވުން.
- ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
|
ޓެކްނީޝަން
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރ ޕްލާންޓް ޑިއުޓީ
|
ޑިޕާޓްމަންޓް:
|
|
ހއ.ތަކަންދޫ ބްރާންޗް
|
މަސައްކަތް ކުރާތަން:
|
|
ކޮންޓްރެންޓް (06 މަސް)
|
ވަޒިފާގެ ބާވަތް:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ހާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.
(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އިންޖީން ރޫމް ނުވަތަ ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
- ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި، އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް ދިމާވެފައިވާނަމަ، ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
- ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށާއި، އަދި ޝިފްޓް ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
- ޑިއުޓީގައި ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ މަތިން އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތައް ހިންގާ، އިންޖީނުތަކާއި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓުން.
- ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރުން. މިގޮތުން އިންޖީނު ތަކުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން.
- ޑިއުޓީތަކާ ހަވާލުވާ މުވައްޒަފުން ރޫޓިންކޮށް ކުރަންޖެހޭ ތެޔޮބަދަލުކުރުމާ، ތެޔޮ ހަމަކުރުންފަދަ ކަންކަން ނުކުރުމުގެ ސަބަބުން އެ މުވައްޒަފެއްގެ އިޙުމާލުން ޖަނަރޭޓަރސެޓަށް ގެއްލުންތަކެއްވެއްޖެނަމަ އެކަން ކުންފުނިން ބެލުމަށްފަހު އެކަމަކީ އެ މުވައްޒަފެއްގެ އިޙުމާލުން ވެފައިވާ ކަމެއްނަމަ އެ ގެއްލުންތަކަށް އެ މުވައްޒަފަކު ޒިންމާވުން.
- ޑިއުޓީގައި ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
- ކޮންމެ ޝިފްޓް ޑިއުޓީއެއްގައި ހުރިހާ ތެޔޮތާނގީއެއްގެ ސައުންޑިންގ ޗެކްކޮށް ޑީސަލާއި އަޑީތެލުގެ ޚަރަދާއިބާކީގެ ހިސާބުތައް ނިންމުން.
- ޑިއުޓީގައި ތަނަކުން ކަރަންޓް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
- ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކަރަންޓްގެ ޚިދުމަތްދޭ ތަންތަނުގެ މީޓަރ ރީޑިންގ ނެގުން.
- ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކޮންމެމަހެއްގެ ވެސް ކަރަންޓްބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
- ގޭގޭގެ މީޓަރ ރީޑިންގ ނަގަމުންދާއިރު ޤަވާޢިދާ ޚިލާފަށް ކަރަންޓް ބޭނުންކުރާ ފަރާތެއް ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
- އިންޖީނުގޭގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
- އިންޖީނުތައް ހިންގުމަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
- ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ތަނުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
- ޖަނަރޭޓަރ އޯވަރހޯލް ކުރުމާއި، މަރާމާތުކުރުމާއި، ޑައިނަމޯ ސާރވިސް އަދި އިންޖީން ރޫމްގައި ކުރެވޭ އެންމެހައި މެއިންޓެނެންސް މަސައްކަތްތައް ކުރުމުގައި ބްރާންޗުން އަންގވާ ގޮތެއްގެމަތިން އެމަސައްކަތްތައް ޢަމަލީ ގޮތުން ކުރުން.
- މުޅިރަށުން ކަރަންޓް ކެނޑުންފަދަ ޚާއްސަ ޙާލަތްތަކުގައި ބްރާންޗްގެ އިސްވެރިން އަންގަވާ ގަޑިތަކުގައި ޙާޟިރުވެ ޢަމަލީގޮތުން މަސައްކަތްތަކުގައި ބައިވެރިވުން.
- އިންޖީނުގޭގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި އިންޖީނުގޭގެ އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް ކުލައާއިދަވާދުލުމާއި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރުން.
- ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
- ކުންފުނީގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތަށް އެންމެ މަންފާކުރަނިވި ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަޖެހުމައި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
- ކުންފުނީގައި އިސްކޮށް ތިއްބަވާ މުވައްޒަފުން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއިއެކު އެހީތެރިވެ ދިނުން.
- ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
- ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހަދައި ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
|
މަޤާމުގެ މަސައްކަތްތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހއ.ތަކަންދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
14 ޖުމާދަލްއާޙިރު 1445
27 ޑިސެމްބަރ 2023